ads
މާލޭ ބޭރު ނެރުމަތީގައި މީހަކު ނިދާފައި:
ފޭކެއްތަ؟ އަސްލެއްތަ؟
ދިވެހި ޒުވާނުންގެ ބަޔަކު މަގުމަތިވެގެން އުޅޭ ވާހަކައަކީ ދޮގެއް ނޫނެވެ.

ފަޅު ގޭތަކުންނާއި، މާރުކޭޓު ބިއްދޮށުގައި މަސް އަވީލާތަންތަނުގައި ވެސް ދިވެހި ޒިވާނުން އަންނީ ނިދަމުންނެވެ. 

ދާދިފަހުން އާންމުވި ފޮޓޯތަކުން ފެންނަނީ މާލޭ އިރުއުތުރު ނެރު މަތީގައި ބަޔަކު ނިދާފައި ތިބޭ މަންޒަރެވެ. 

މި މަންޒަރު ފެނުމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝީފާ މުހައްމަދު ވިދާޅުވީ، ނިދަން ތިބި މީހުން "މާގިނަ ސާމާނު ހިފައިގެން ގޮސް ނިދާފަ ތިބީމަ ކުޑަކޮށް އޯވާ އެބަވޭ" ކަމަށެވެ. ފޮޓޯގެ އަސްލާމެދު ޝިފާ ވަނީ ސުވާލު އުފައްދަވާފައެވެ. 

ބައެއް މީހުން ޝިފާގެ ވާހަތަކަށް ތާއީދު ކުރިއިރު އަނެއް ބަޔަކު ވަނީ ޝިފާގެ ވާހަކަތަކަށް ފާޑު ކިޔާފައެވެ. އަދި ބަޔަކު ހާލުގައި ޖެހިގެން އުޅޭކަން ސިޓީ ކައުންސިލަށް ނޭގޭތީ ކަންބޮޑު ވެފައެވެ. 

"މާތް ކަމޯ!! މި އީ ހަމަ ޑްރާމާ އެއްތަ؟ މާލޭ މަގުމަތިން ގޮނޑު ހޮވާ ޒުވާނުން ނާއި، މާރުކޭޓް ގޮޅީގައި ނިދާ ކުދިންނާއި، މަގުމަތީ "ސައިޑަކަށް " ތިބޭ ޒުވާންން ނަކީ ރަށްވެހި ފަތިސް ޑްރާމާގެ ބައެއް ދޯ!،" ޝިފާގެ ވާހަކަތަކަށް ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

އަނެއްބަޔަކު ވަނީ ރައްޔިތުން އުޅޭ ދެރަ ނިކަމެތި ކަމަށް "ޖޯކު" ޖަހަނީތޯ ސުވާލު އުފައްދާފައެވެ. 

"ތި ބޭފުޅުން ހީކުރަނީ ނިކަމެތި ރައްޔިތުން  ތިބޭފުޅުން ވޯޓު ބޯމަތި ވީމަ ކުޅޭކަހަލަ ފިލްމު ކުޅެނީ ކަަަމަށްތަ؟" ފައުޒާން ކިޔާ މީހަކު ބުނެފައިވެއެވެ. 

އަނެއްބަޔަކު ދަނީ ހާލުގައިޖެހި މަގުމަތިވެފައިވާ ޒުވާނުންނަށް ވެސް ފާޑުކިޔަމުންނެވެ. 

"މީ ފަސޭގައި އުޅޭ ގްރޫޕް. ފްރީ އެކޮމަޑޭޝަން، ރޭގަނޑު ވައްކަން. ދުވާލު ސަލާން ޖަހާފަ އިރު އޮއްސުނީމާ މަގުމަތީގަ ހުންނަ ކުނި ކޮތަޅު ފަޅާ ޓީމް،" އާދަމް ޝަރީފް ކިޔާ މީހަކު ބުނެފައިވެއެވެ.

މާލޭގެ މާރުކޭޓު ސަރަހައްދުގައި ވެސް މަގުމަތިވެގެން އެކި ތަންތަނުގައި ނިދާ ބަޔަކު އުޅޭތީ ސީއެންއެމްއިން އޭރު ސުވާލުކުރުމުން ބުނެފައިވަނީ އެއީ މަސްތުވާތަކެތީގެ ފަރުވާއަށް އައިސް މަގުމަތިވެފައިވާ ބައެއްކަމަށެވެ. 

ފަހަރުގައި ޝިފާ މި އިޝާރައްވާ ފޮޓޯ އަކީ "ޖެނުއިން" ފޮޓޯއަކަށް ނުވެދާނެެއެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ މަގުމަތީގައި އެތައް ޒުވާނުނަކާއި ކުޑުކުދިންނެއް ހާލުގައި ޖެހިފައިވާކަމެވެ. އެކި ގޮތްގޮތުން އެމީހުންނަށް ދޭންޖެހޭ "ފަރުވާ" އަދި އަޅާލުން ނުދެވޭކަމެެވެ. 

މަސްތުވާ ތަކެތީގެ ފަރުވާއަށް ހުކުމްކޮށް ފަރުވާ ނުފެށި ތިބި މީހުންގެ އަދަދު ހާހަކާ ގާތް ވަނީއެވެ. ގޭންގުތަކާއި ގުޅިގެން ތަފާތު ކުށްތައް ކުރުމުގައި އުޅޭ ކުޑަކުދިންގެ އަދަދުވެސް ހުރީ ހާހުން މަތީގައެވެ. އެކުންދިންނާއި މީހުންނަށް ހައްސަ ސެންޓަރުތައް އެޅުމުގެ މަަސައްކަތް ފެށިކަން ސަރުކާރުން އިއުލާނު ކުރި ނަމަވެސް، މަގުމަތިވުމަށް އެދެވޭ ހައްލެއް ގެވޭނީ އެދެވޭ ފަރުވާއެއް ދެވިގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް