ads
ބެންގަލޫރަށް ސޮއި ކުރި ޑިފެންޑަރު (ނަންބަރު 4)
ގެބޮންގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ބެންގަލޫރު އެފްސީއަށް
ގެބޮންގެ ގައުމީ ޓީމުގެ ޑިފެންޑަރެއް ބެންގަލޫރު އެފްސީއަށް ސޮއިކޮށްފި އެވެ. ބެންގަލޫރު އެފްސީއަށް ސޮއި ކުރި ގެބޮންގެ ގައުމީ ޓީމުގެ ޑިފެންޑަރަކީ، ރޮންޑޫ މުސާވޫ ކިންގް ކިޔާ ކުޅުންތެރިއެކެވެ.

އުމުރުން އޮނަތިރީސް އަހަރުގެ ކިންގްއަކީ ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކޮލިފިކޭޝަނަށް ޓާގެޓްކޮށް ބެންގަލޫރު އެފްސީން ގެނައި ކުޅުންތެރިއެކެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ބެންގަލޫރު އެފްސީން ޖެހޭނީ ރާއްޖޭގެ ކްލަބު އީގަލްސްވެސް ހިމެނޭ ގޮތުން ޕްލޭ އޮފް އަދި ޕްރިލިމިނަރީ ސްޓޭޖުގައި ވާދަކުރާށެވެ. މި ދިޔަ އަހަރުވެސް ބެންގަލޫރުން ވާދަކުރީ އެ ސްޓޭޖުގައެވެ. މި ދިޔަ އަހަރު އެ ސްޓޭޖުގައި ވާދަކޮށް މާޒިޔާ އަތުން ބަލިވެ ގްރޫޕް ސްޓޭޖަށް ކޮލިފައި ނުވެ ބެންގަލޫރު ކެޓީއެވެ.

ބެންގަލޫރު އެފްސީއާ އަލަށް ގުޅުނު ކިންގަކީ ގެބޮންގެ ގައުމީ ޓީމުގެ އިތުރުން ފްރާންސްގެ ދެވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާވަނީ އެފްރިކަން ނޭޝަންސް ކަޕް އަދި ވޯލްޑްކަޕް ކޮލިފައިންގައި ގެބޮންގެ ގައުމީ ޓީމަށް ކުޅެފައެވެ.

އޭއެފްސީ ކަޕް ކޮލިފައިންގައި ބެންގަލޫރުން ކުޅޭ މެޗު އޮންނާނީ އޭޕްރީލް މަހުގެ ސާދަވަނަ ދުވަހުއެވެ. ޕްލޭ އޮފުން ކޮލިފައިވާ ޓީމެއް ދާނީ، މާޒިޔާއާ އިންޑިޔާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ އެކު ސައުތު ގްރޫޕަށެވެ. މި ގްރޫޕުގެ ކުޅުން އަންނަ މެއި މަހު ފެށުމަށް ތާވަލުކޮށްފައިވާއިރު މެޗުތައް ކުޅޭނީ މާލޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް