ads
ޑރ އިޔާޒް ..
މަޖިލިސް މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ލެވެންޖެހޭ: ޑރ. އިޔާޒް
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރި ރައްޔިތުން ނުރުހިއްޖެ ހާލަތެއްގައި މެމްބަރުންނާ މެދު ނޯ-ކޮންފިޑެންސް (އިތުބާރު ނެތްކަމުގެ) ވޯޓު ނެގޭނެ ގޮތް އޮންނަޖެހޭކަމަށް ޑރ މުހައްމަދު އިޔާޒް މަޖިލިސް ވިދާޅުވެއްޖެއެވެ.

މިފަދަ ގޮތެއް ހެދުމަށް ވެސް އިޔާޒު ވަނީ މަޖިލިސް މެންބަރުންނަށް އިލްތިމާސް ކޮށްފައެެވެ. 

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން މަޖިލިސް މެމްބަރުންނަކީ ގާނުނަށްވުރެ މަތީގައި ހުންނަން ޖެހޭ ބައެއް ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ އަދި ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ ބޭފުޅުން އަދި ފަނޑިޔާރުންނާއި މެދު ނޯ-ކޮންފިޑެންސް ވޯޓު ނެގޭއިރު، މަޖިލީހުގެ މެމްބަރުންނާ މެދުވެސް ފިޔަވަޅު އެޅެން ޖެހޭކަމަށެވެ.  

"މެމްބަރެއްގެ ދާއިރާގައި ރައްޔިތުން އެބޭފުޅަކާ ދޭތެރޭގަ، އެ މެމްބަރަކާ ދޭތެރޭގައިތުބާރު ނެތް ކަމަށް ވަނީނަމަ އެ މެމްބަރެއްގެ ނޯ ކޮންފެޑެންސް ނެގޭ ގޮތަށް އެބަ ހަމަޖައްސަން ޖެހޭ" ޑރ. އިޔާޒް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި ދީނީ ކަންކަމުގައި ލަފާ ދޭނެ ބޭފުޅެއް ހުންނަން ޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. 

"ގާނޫނީ ކަންކަމުގައި މަޖިލިސް މެމްބަރުންނަށް ލަފާ ދިނުމަށް މިހާރުވެސް ބޭފުޅަކު ހުންނަވާއިރު، ދީނީ ކަންކަމުގައި ލަފާ ދިނުމަށް މަޖިލީހުގައި މީހަކު ނުބަހައްޓަންވީ ސަބަބެއް ނެތް" - ޑރ. އިޔާޒް -

މަޖިލީހުގައި އާޔަތެއް ނުވަތަ ހަދީޘެއް ނުބައިކޮށް ކީއްޖެ ހާލަތެއްގައި ނުވަތަ ދީނީ ގޮތުން ގޯސް އެއްޗެއް ވިދާޅުވެވިއްޖެ ހާލަތެއްގައި އެކަން ރަނގަޅު ކޮށްދޭން ދީނީ މީހަކު ހުރުން މުހިއްމުކަމަށް ޑރ. އިޔާޒް ފާހަގަ ކުރެއްވި އެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް