ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

Advertisement
ޖުމްހޫރީ ޕާޓީން ވަކިވިކަން މަލީހު އިއުލާނު ކުރެއްވީ ސޯސަލް މީޑިއާގައެވެ.
"ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިހުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ހަނު. ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލާނަން،" - މަލީހު
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހުގެ އިތުބާރު ނެތްކަަމަށް ރައްޔިތުން މަޖިލީހުން ނިންމީ މި މަހުގެ ފުރަތަމަ ފަހަރު އެވެ.