އެންވާރެމެންޓް މިނިސްޓާ ޑރ. ހުސައިން ރަޝީދު ހަސަން ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންވަރެމުންޓް މިނިސްޓްރީގެ އިސްވެރިންނާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެން ފިރުޝާން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މިމަޝްރޫއު ފެނަކައާއި ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ހޫނުމޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް އެމައްސަލަ ހައްލުކޮށްދިނުމަށް މިސަރުކާރުން ރާވާ ހިނގަމުން އަންނަ ޕްރޮޖެކްޓެއްކަމަށެވެ.
ނަޑެއްލާގައި ގާއިމް ކުރެވިފައިވާ ވާރޭފެން ނަގައި އެފެން ރައްކާތެރި ގޮތަކަށް ބަދަލުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ފެނަކަ ކޯޕަރޭސަނަށް ހަވާލުކޮށް، މިކަމުގެ ހެޔޮ ފައިދާ ރަށަށް ކުރާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ފެނަށް ޖެހުމުގެ މައްސަލަކަމަށާއި މިމަސްރޫއާއި ހޫނުމޫސުމުގައި ރަށް ފެނަށް ޖެހުމުގެ މައްސަލައަށް ހައްލެއްލިބިގެންދާނެއެވެ.