ads
----------
ފިޓް ފާޒިލް ކައިވެނިކުރީ ޝަރުމީލާ ކަންތައްގަނޑު ހިނގިއިރު އެންމެ ގާތުގައި ހުރި ކުއްޖާއާ!
ފިޓް ފާޒިލްއަކީ އޭނާގެ މަސައްކަތުން ގިނަ ބައެއްގެ ލޯބި ހޯދި މޮޑެލްއެކެވެ. އޭނާ ފަދައިން މޮޅު މޮޑެލްއަކަށްވާން ބޭނުންވާ އެތައް ޒުވާނުނެއް އެބަތިއްބެވެ.

ކޮންމެއަކަސް، މިދިޔަ އަހަރަކީ ފާޒިލްއަށް ކުރެވުނު ގޯސްކަމެއްގެ ސަބަބުން އެކަމަށް އޭނާއަށް ފާޑުކިޔުމާއި ކުރިމަތިލާން ޖެހުނު އަހަރެކެވެ. 

އިންސްޓަގްރާމްގައި އޭނާ އަށް ފޮލޯ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އަގުބޮޑެތި އިނާމުތަކެއް ދޭން ހިންގި "ޕްރޮމޯޝަން" ނިމި، އެ އިނާމުތައް ގުރުއަތުން ހޮވުނު މީހާ އަށް ހަވާލު ކޮށްފައިވާ ކަމަށް ބުނެފައި ވީނަމަވެސް، އެ ކަމުގައި ބޮޑެތި އޮޅުވާލުންތަކާއި ހަމަނުޖެހޭ އެތައް ކަންތައްތަކެއް ހުރި ކަމުގެ ތުހުމަތުކުރަމުންދަނިކޮށް އިނާމު ލިބުނު "ޝަރުމީލާ" ދައްކާލި އެވެ. 

އެކަމަކު އެއީ ވެސް އޮޅުވާލުމެއްކަން ބަސްޓްވި އެވެ. އެންމެ ފަހުން ފާޒިލް ވަނީ މައާފަށް ވެސް އެދިފަ އެވެ. އަދި އޭނާއަށް ކުރެވުނީ ކުށެއް ކަމަށް ގަބޫލުކޮށް ކަން ހިނގާދިޔަ ގޮތް ކިޔައި ދިނެވެ. 

ކޮންމެއަކަސް، ދައްކަން މިއުޅެނީ އެ ވާހަކަތަކެއް ނޫނެވެ. އެކަމަކު ކޮންމެ ބޮޑު ކަމެއް ނުވަތަ ދެރައެއް ލިބޭ ވަގުތުގައި ހަގީގީ ލޯބިވެރިން އެނގޭނޭ ބުނާ ފަދައިން ފާޒިލަށްވެސް ކަންވީ އެކަހަލަ ގޮތަކަށެވެ. 

ކައިވެންޏަށް ފަހު ފާޒިލް "ދޯ" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ އަންހެނުންނާއި މީގެ ދެ އަހަރުކުރިން ދިމާވީ އިންސްޓަގްރާމުން ކަމަށެވެ. އޭރުއްސުރެ ވެސް ރައްޓެހި ކަމަށާއި "މިދިޔަ އަހަރު މި ހިނގި ކަންތައްގަނޑުގައި" ވެސް އެންމެ ގާތުގައި ހުރި އެކަކަކީ އެއީ ކަމަށެވެ. 

އޭރު އެތައް ބައެއްގެ ފާޑުކިޔުން އޭނާއާ ކުރިމަތިވެ، ހާސްކަމެއްގައި އުޅެނިކޮށް ވެސް ގާތުގައި ޝުރޫ ހުރުމަކީ ފާޒިލަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމާއި މެދު ޝައްކެއް ނެތެވެ.

ހަތް މަސް ދުވަހު އެކުގައި އުޅުމަށް ފަހު ދެ މީހުން ކައިވެނިކުރިއިރު ކޮވިޑާ ގުޅިގެން ޕާޓީއެއް ބާއްފާއެއް ނުވެ އެވެެ.

0%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
84%
ވަރަށް ސަލާމް
ކޮމެންޓްސް