ads
ފިރުޝާން-
ފައެއް ޖަހަން އާސަންދައިން ފިރުޝާނަށް އެހީވަނީ
ރައްޓެހިންތަކަކާއެކު ލޮނުދޫހުއްޓާއަށް ދަތުރުކޮށް އުޅެނިކޮށް ބޯ މައްޗަށް ސީލިންގެއް ވެއްޓި އަނިޔާވި ގދ. ގައްދޫއަށް އުފަން އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ އޭނާގެ ކަނާތު ފައިގެ ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ބުރިކޮށްލާފަ އެވެ. މިހެންވެ މަސްނޫއީ ފައެއް ޖެހުމަށް ފިރުޝާންގެ އާއިލާއިން ވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ.

އެކަމުގައި އާންމުންގެ އެހީ ހޯދަމުން ދަނިކޮށް އާސަންދައިން ބުނީ ފިރުޝާންއަށް މި ހިތާމަވެރި ޙާދިސާ ދިމާވުމުން އިމަޖަންސީ ހާލަތުގަ އާސަންދައިން ވަނީ ޗާޓަރު ފްލައިޓެއްގައި ފިރުޝާން މާލެގެނެސް އާސަންދައާއި އެންސްޕާ ގުޅިގެން އައިޖީއެމްއެޗް އަދި އޭޑީކޭއިން ފިރުޝާންގެ ފަރުވާގެ ހަރަދުތައް ހަމަޖައްސައިދީފަ ކަމަށެވެ. 

އެގޮތުން ޑިސްޗާޖް ކުރިފަހުން ޕްރޮސްތެޓިކް ފައެއް ޖެހުމަށް ފިރުޝާންގެ އާއިލާގެ ފަރާތުން އަދި އެންސްޕާއަށް އެހީއަށް އެދިފައެއް ނުވާކަން ފާހަގަކޮށް އާސަންދައިން ބުނީ އެންސްޕާއަށް އެހީއަށް އެދި ހުށަހެޅުމުން އާސަންދަ މެދުވެރިކޮށް މި ހަރަދުތައްވެސް ކަވަރުކޮށްދޭނެ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް އެތައް ދުވަހަކު ފިރުޝާނަށް ފަރުވާދޭން ޖެހުނެވެ. ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެންގޮސް އޮތުމާއެކު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ އޭޑީކޭ އިން ފިރުޝާންގެ ފައި ބުރިކޮށްލާފަ އެވެ. 

އޭގެ ފަހުން އަތުގެ ސާޖަރީއެއް ވެސް ހަދަން ޖެހުނުއިރު އެ ސާޖަރީ، އޭޑީކޭއިން ހެދެން ނެތުމުން، އައިޖީއެމްއެޗަށް ބަދަލުކޮށް، އެތަނުން އެ ސާޖަރީ ވަނީ ހަދާފަ އެވެ. މިހާރު ސާޖަރީ ހަދާއި، ގެއަށް ދޫކޮށްލިތާ ފަސް ދުވަސްވެފައިވާކަން ފާހަގަކޮށް އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ސީއެންއެމްއަށް ކިޔައިދެ އެވެ. 

ފިރުޝާންގެ ދައްތަ، ބުނީ، މިވަގުތު ވެސް އެމީހުން މާލޭގައި ތިބިއިރު ރަށަށް ދާން ބޭނުންވަނީ ފިރުޝާންގެ މަސްނޫއީ ފައެއް ޖަހައިގެން ކަމަށެވެ. އެކަމަކު މަސްނޫއީ ފައެއް ޖެހުމަށް އެކަނި ވެސް 5000 ޑޮލަރު ހަރަދުވެ އެވެ. ބުރާސްފަތި ދުވަހު އާންމުން އެހީއަށް އާއިލާއިން އެދުނީ އެހެންވެ އެވެ. 

އޭރު ވެސް އާއިލާ އިން ނިންމާފައި އޮތީ އާދިއްތަ ދުވަހު، ކަމާއި ބެހޭ އިދާރާތަކަށް އެހީއަށް އެދި ސިޓީ ހުށަހެޅުމަށެވެ. 

ފިރުޝާންއަކީ އުމުރުން ހަގަސް ވިސްނުން ތޫނު، ޒިންމާދާރު ކުއްޖެކެވެ. ސްކޫލު ނިމުމާއެކު އާއިލާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ، އޭނާ ދާން ފެށީ މަހަށެވެ. ނަމަވެސް ފިރުޝާންގެ މުޅި ހަޔާތް ބަދަލުކޮށްލީ މަސް ދޯންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ލިބުނު ކުރު ޗުއްޓީއެއްގައި އެކުވެރިންނާއެކު ދަތުރު ގޮސް އުޅެނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް