ads
ޖޭއެސްސީ ---
ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަރަކު އައްޔަންކޮށްފި
ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަރަކު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަރަކަށް، އެއަތޮޅު އިސްދޫ ބީޗްރެސްޓް އަލީ ޝަރީފް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

މިމަގާމަށް އައްޔަން ކުރެވުމާއި ހަމައަށް އަލީ ޝަރީފް ހުންނެވީ ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަރުގެ މަގާމުގައެވެ. އަދި އޭނާ އެމަގާމަށް ބަދަލު ކުރީ، އިންޓަވިއުގައި އެންމެ ގާބިލުކަމަށް ފާހަގަވީ އަލީ ޝަރީފް ކަމަށް ފަނޑިޔާރްުން އައްޔަން ކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ ދިނުމުން، ކޮމިޝަނުން މިމަހު ހަތެއްގައި ބޭއްވި ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އަލީ ޝަރީފް އަކީ ކުއްލިޔަތުން ދިރާސަތުން އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން، ބެޗްލާ އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި އަލީ ޝަރީފަކީ މެޖިސްޓްރޭޓް ކަމުގައި ހަތަރު އަހަރުގެ ތަޖުރިބާ އަދި ސިވިލް ކޯޓުގެ ލީގަލް އެސިސްޓަންޓެއްގެ ގޮތުގައި އެއް އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް ޖޭއެސްސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް