އެ މިނިސްޓްރީން މިއަދު މިހެން ބުނެފައިވާއިރު، ފާއިތުވީ މަހެއްހާ ދުވަހުގެތެރޭގައި މިޔަރު ހަމަލާ ދީގެން ދެ މީހަކަށް އަނިޔާވެފައިވެއެވެ.
އެތަނުން އެކަކަށް ބޮޑެތި ސީރިއަސް އަނިޔާތަކެއްވަނީ ލިބިފައެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ ޑައިވު ސެންޓަރުތަކާއި އެކްސްކާޝަން ދަތުރުތައް ރާވާ ފަރާތްތަކަށް ރާއްޖޭގައި މިޔަރަށް ކާންދިނުމަކީ މަނާކަމެއްކަން ހަނދާންކޮށްދީފައެވެ.
މިޔަރަށް ކާން ދިނުން މަނާކޮށްފައިވަނީ ރެކްރިއޭޝަނަލް ޑައިވިންގެ ގާނޫނުގެ ދަށުންނެވެ.