ads
ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ--
މިނިވަންކަން ހިމާޔަތް ކޮށްދޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: ޝުޖާއު
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކޮށްދޭނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝިޖާއު ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ އެއްވެސް ކަމަކަށް ޕީޕީއެމް/ޕީއެންސީން ތާއީދު ނުކުރައްވާނެ ކަމަށާއި، މިއަދުވެސް ތިބީ އެގޮތަށް ކަމަށެވެ. 

ޝުޖާއު ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކޮށްދޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ދެ ޕާޓީންކަން، މިއަދު ދިވެހި ރައްޔިތުންނަށް ޔަގީން ވާނެކަމަށެވެ. 

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ، އުތުރުތިލަފަޅު ތަރައްގީކުރުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއި އެކުގައި ސޮއެކޮށްފައިވާ އެއްބަސްވުމުގެ ޑްރާފްޓެއްކަމަށް ބުނާ ލިއުމެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން އެ ލިޔެކިއުންތަކުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތައް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ހުރިކަމަށް އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުން އަންނައިރު އެމްއެންޑީއެފްއިން ވަނީ އެއީ ސައްހަ ލިއުމެއް ނޫންކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް