ads
މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމަށް ހަވާލު ކުރުމުގެ ތެރެއިން
މާރެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމަށް ބަޔަކާ ހަވާލުކޮށްފި
ހއ. މާރެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް މިއަދު ބަޔަކާއި ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އާރް.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ. އަދި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އަހްމަދު އާސިފް އެވެ.

ނަވާވީސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.1 މިލިއަން ރުފިޔާ އަށެވެ. 

އެ ރަސްމިއްޔާތުގައި މާރަންދޫ ހިމެނޭ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް