ads
ރައީސް ސޯލިހުގެ ދެކަނބަލުން --
ރައީސް ސޯލިހު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދުއާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އަމީރު ތަމީމް ބިން ހަމަދް އަލް ތާނީ އާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެގެ ވަގުތެއްގައި، ރައީސް ސޯލިހު ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރުމަށް އެގައުމަށް ވަނީ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި، ރައީސް އޮފީހުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 

އެމަނިކުފާނު ވަނީ މިއަދު އެމަނިކުފާނުގެ ވަފުދުގެ އިސް ބޭފުޅުންނާއެކު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދާ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ދެ ބޭފުޅުން ވަނީ ރާއްޖެއާއި ގަތަރާ ދެމެދު ގުޅުން ވަރުގަދަ ކުރުމާއި ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، އިންވެސްޓްމެންޓު ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި އެވެ. އަދި ދެބޭފުޅުން ވެސް ވަނީ ކޮވިޑް-19 ގެ ޕެންޑެމިކް ހާލަތުގައި ދެޤައުމަށް ކުރިމަތިވަމުން އަންނަ ކަންތައްތައް ޙިއްޞާ ކުރައްވާފައެވެ 

މި ބައްދަލުވުމުގައި ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ތަރައްޤީގެ ވައްޓަފާޅި ބަދަލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރާއްޖެ ތަރައްގީކުރުމަށް ނިންމަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ ރާއްޖެއަށް ލިބޭނެފަދަގޮތަކަށްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެއާއި ގަތަރުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖެއިން އެގައުމަށް ނަން ރެޒިޑެންޓް ކޯޑިނޭޓަރެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފަ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން، 2017 ގައި ރާއްޖެއިން ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ނިމުމަކަށް ގެނައީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީއިން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮއްވަ އެވެ. އޭރުގެ ސަރުކާރާއި ސައުދީ ސަރުކާރާ ވަރަށް ގުޅުން ރަނގަޅެވެ.

ރާއްޖެއިން ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރަން ނިންމީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. ރާއްޖެއިން އެ ނިންމުން ނިންމި އިރު، ސައުދީ އަރަބިއްޔާ އާއި މެދު އިރުމަތީގެ އެހެން ގައުމުތަކުން ވެސް ވަނީ ގަތަރާ އެކު ސުލްހަވެ އަޅާފައިވާ އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް