ads
އާމިރު ހާން--
އާމިރު ހާން ކުއްލިއަކަށް ސޯޝަލް މީޑިއާއާ ދުރަށްދާން ނިންމައިފި
އިއްޔެއަކީ އާމިރު ހާންގެ އުފަން ދުވަހެވެ. ސަޕޯޓަރުންނާއި ހެޔޮ އެދޭ އެންމެނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެކަމަކު ސަޕޯޓަރުންނަށް ހިތާމަވެރި ހަބަރެއް އެބަ އޮތެވެ.

އާމިރު ސޯޝަލް މިޑިއާއަށް ދޫކޮށްލި ޕޯސްޓުގައި ބުނީ އެއީ އޭނާގެ އެންމެ ފަހު ޕޯސްޓް ކަމަށެވެ. އަދި އުފަން ދުވަހު ތަހުނިޔާ އާއި ހެޔޮ އެދުން ފޮނުވި އެންމެނަށް ޝުކުރު އަދާކުރަމުން އާމިރު ބުނީ އޭނާ ސޯޝަލް މީޑިއާއާ ދުރަށްދާން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭނާ އެކްޓިވް ކަމަށް ހީކޮށްލުމަށް ވެސް އެދުނެވެ. 

އަދި ކުރިން ވެސް މީހުންނާއި މުއާމަލާތްކުރަމުން އައި ގޮތަށް މުއާމަލާތްކުރާނެ ކަމަށް ބުންޏެވެ. '

ކުއްލިއަކަށް މިފަދަ ބޮޑު ނިންމުމެއް މި ނިންމީ ކީއްވެ ކަމެއް ނުބުނެ އެވެ. އަދި އޭނާގެ ފިލްމުތަކާއި ގުޅޭ މައުލޫމާތު އޭކޭޕީ އޮފިޝަލް މެދުވެރިކޮށް ލިބޭނެ ކަމަށް ބުންޏެވެ. 

އާމިރުގެ ކުރިއަށް އޮތީ ލާލް ސިންގް ޗައްދާ އެވެ. އޭގައި އޭނާއާއެކު ކަރީނާ ފެންނާނެ އެވެ. ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް އިންތިޒާރުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް