ads
އިދިކޮޅު ކޯލިޝަން
އުތުރުތިލަފަޅު އެއްބަސްވުން ބާތިލުކުރުމަށް އިދިކޮޅު ކޯލިޝަންއިން ސުޕްރީމް ކޯޓަށް!
އުތުރުތިލަފަޅު އެއްބަސްވުން ބާތިލުކުރުމަށް އިދިކޮޅު ކޯލިޝަންއިން ސުޕްރީމްކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭތީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ކޮއިންޓް ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ފާސްވެފައި ކަމަށެވެ. 

އެގޮތުން އުތުރުތިލަފަޅު އެއްބަސްވުމުގެ އިތުރުން، އިންޑިއާ އާއިއެކު ހަދާފައުވާ އެއްބަސްވުންތައް ބަލައި، އެކަންކަމުގައި ގައުމީ ސަލާމަތައް ނުރައްކާވާފަދަ ކަންތައްތައް ފާހަގަކުރުމަށް ހުށަހެޅުމުން އެކަމަށް ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައިވާކަމަށް ހީނާ ވިދާޅުވިއެވެ. 

ހީނާ ވިދަޅުވީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ސީދާ ތާރީހެއް އަދި ނުނިންމާ ކަމަށާއި، ނަމަވެސް އެމަސައްކަތް މިހާރު އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމުން ކުރަމުން އަންނަ ކަމަށެވެ. އަދި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހުގައި ކަމަށްވެސް ހީނާ ވިދަލުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް