ads
ތެންޒޭނިއާގެ ރައީސް މަގުފިލި
ޓެންޒޭނިއާގެ ރައީސް އަވަހާރަވެއްޖެ
ޓެންޒޭނިއާގެ ރައީސް ޖޯން މަގުފިލި އަވަހާރަވެއްޖެއެވެ.

އުމުރުން 61 އަހަރުގެ މަގުފިލި އަވަހާރަ ވެފައިވާކަން ހާމަ ކުރަމުން ނައިބު ރައީސް ސެމިއާ ސުލުހު ވިދާޅުވީ ރައީސް މަގުފިލި އަވަހާރަ ވެފައިވަނީ ހަފްތާ ތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައި ކަމަށެވެ. 

ރައީސް ވަނީ 10 އަހަރު ވަންދެން ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދާފައި ކަމުގައިވެސް ސެމިއާ ވިދާޅުވިއެވެ. 

ޖަކަޔާ ކިކްވެޓެ ކާޑިއެކް އިންސްޓިޓިއުޓްގައި ފަރުވާ ހޯއްދަވަމުންދަނިކޮށް، މިމަހު ހަ ވަނަ ދުވަހު ރައީސް ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް، ހާލަތު އިތުރަށް ގޯސްވެ މިމަހުގެ 14 ވަނަ ދުވަހު ރައީސް މަގުފިލި ވަނީ އަނެއްކާވެސް އެޑްމިޓް ކުރައްވާފަ އެވެ.

ރައީސް މަގުފިލި އަވަހާރަވުމާ ގުޅިގެން ތައުޒިއްޔާ ވިދާޅުވަމުން އިދިކޮޅު ލީޑަރު ޒިޓޯ ކަބޭ ވިދާޅުވެފައިވަނީ، ރައީސް މަގުފިލި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތާ، ގެނެސްދީފައިވާ ތަރައްގީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. 

ފަސް އަހަރުގެ ދައުރަކަށް ފަހު ދެވަނަ ދައުރުގެ އެއް އަހަރު ފުރިހަމަ ކުރައްވާފައިވަނިކޮށް ރައީސް މަގުފިލި އަވަހާރަވުމާއި ގުޅިގެން ދެން ގައުމުގެ ރައީސް ކަމަށް ހަވާލުވެ ވަޑައިގަންނަވާނީ ނައިބު ރައީސް ސެމިއާ ސުލުހު އެވެ.

ޓެންޒޭނިއާގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅަކަށް ނާއިބު ރައީސް ސެމިއާ ސުލުހު ވެވަޑައިގެން އެ ކަމަނާ ވަނީ މިހާރު ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް