ads
ހއ، ދިއްދޫ
ދިއްދޫ އަމާންވެށި ކުލަސްޓާ: 15 މީހުން ޕޮޒިޓިވް
ހއ. ދިއްދޫ އަމާންވެށީގައި ކަރަންޓީނުގައި ހުރި 15 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާން އަޝްރަފް ސީއެންއެމްއަށް ވިދާޅުވީ އަމާންވެށިން ޕޮޒިޓިވްވެފައިވަނީ 11 ކުދިންނާއި އެތާގައި މަސައްކަތްކުރާ ހަތަރު މީހުން ކަމަށެވެ.

އޭގެ ތެރޭގައި ދެ އަހަރުގެ ތުއްތު ކުއްޖެއްވެސް ޕޮޒިޓިވްވެފައިވާ ކަން ހާމަކުރަމުން އުސްމާން ވިދާޅުވީ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށެވެ.

އުސްމާން ވިދާޅުވީ އެ އެންމެނަކީ ވެސް ކަރަންޓީނުގައި އައިސޮރޭޓް ކުރެވިފައިވާ ބައެއް ކަމަށެވެ. އެހެންކަމުން ރަށުގައި ކޮވިޑްގެ ބިރުވެރިކަން އަދި ނުފެތުރޭ ކަމަށެވެ.

ދިއްދޫގައި ގާއިމްކުރި އަމާންވެށި މިމަހުގެ 6 ވަނަ ދުވަހު ހުޅުވާފައިވާއިރު ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ 15 ކުއްޖަކު ދިއްދޫގައި ހުޅުވި އަމާންވެއްޓަށް ވަނީ ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް