ads
ޓެންޒޭނިއާގެ ކުރީގެ ރައީސް ޖޯން މަގުފިލީ:
މާސްކު އެޅުމާ ގައިދުރުކަން ނުބަހައްޓައި ދުއާކުރޭ: އަވަހާރަވި ރައީސް
ކޮވިޑް 19 ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނައިރު އެކަމާއި ދެކޮޅަށް އެއްވެސް މަގުބޫލު އުޒުރެއް ނެތިވެސް ބައެއް މީހުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި ޓެންޒޭނިއާގެ ރައީސް ޖޯން މަގުފިލީ އޭނާ ދުނުޔޭގައި ހުންނެވިއިރު ކޮވިޑް 19 އާއި ގުޅޭގޮތުން ހަމަނުޖެހޭ ވާހަކަތަކެއް ދައްކަވާފައެވެ. 

އެގައުމުގއި ގައިދުރުކުރުމާއި މާސްކު އެޅުންފަދަ ކަންކަން ކުރުމާއި ދެކޮޅު ހައްދަވާފައެވެ. 

"މާސްކުއަޅާނެކަމެއް ނެތް. ގައި ދުރުކުރާނެކަމެއް ނެތް. ދުއާ ކުރޭ،" އަވަހާރަވުމުގެ ކުރިން މަގުފިލީ ވިދާޅުވެފައިވެއެވެ.

އެންމެފަހުން ތަގުދީރު މިވަނީ އޭނާއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދީފައެވެ. 

އޭނާ އަވަހާރަވީ، ހިތް ހުއްޓިގެންކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ. ނަމަވެސް އެނާ މަރުވީ ކޮވިޑް 19 ޖެހިގެންކަމަށާއި، އެކަން ސިއްރުކުރާކަމަށް އެގައުމުގެ އިދިކޮޅު ޕާޓީން އަންނަނީ ބުނަމުންނެވެ. 

"މާތް ރަސްކަލާންގެ މިހާރު ވަނީ މިގައުމުން ކޮވިޑް 19 ފޮހެލާފަ،" ކަމަށް ވެސް އެނާ ދާދިފަހުން ދެއްވި ސްޕީޗެއްގައި ވަނީ ވިދާޅުވެފައެވެ.

އުމުރުން 61 އަހަރުގެ މަގުފިލި އަވަހާރަ ވެފައިވާކަން ހާމަ ކުރަމުން ނައިބު ރައީސް ސެމިއާ ސުލުހު ވިދާޅުވީ ރައީސް މަގުފިލި އަވަހާރަ ވެފައިވަނީ ހަފްތާ ތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. 

ރައީސް ވަނީ 10 އަހަރު ވަންދެން ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދާފައި ކަމުގައިވެސް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. 

އަވަހާރަވީ ޖަކަޔާ ކިކްވެޓެ ކާޑިއެކް އިންސްޓިޓިއުޓްގައި ފަރުވާ ހޯއްދަވަމުންދަނިކޮށް، މިމަހު ހަ ވަނަ ދުވަހު ރައީސް ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް، ހާލަތު އިތުރަށް ގޯސްވެ މިމަހުގެ 14 ވަނަ ދުވަހު ރައީސް މަގުފިލި ވަނީ އަނެއްކާވެސް އެޑްމިޓް ކުރައްވާފަ އެވެ.

ރައީސް މަގުފިލި އަވަހާރަވުމާ ގުޅިގެން ތައުޒިއްޔާ ވިދާޅުވަމުން އިދިކޮޅު ލީޑަރު ޒިޓޯ ކަބޭ ވިދާޅުވެފައިވަނީ، ރައީސް މަގުފިލި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތާ، ގެނެސްދީފައިވާ ތަރައްގީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. 

ފަސް އަހަރުގެ ދައުރަކަށް ފަހު ދެވަނަ ދައުރުގެ އެއް އަހަރު ފުރިހަމަ ކުރައްވާފައިވަނިކޮށް ރައީސް މަގުފިލީ އަވަހާރަވުމާއި ގުޅިގެން ގައުމުގެ ރައީސް ކަމަށް ހަވާލުވެ ވަޑައިގެންފައިވަނީ ނައިބު ރައީސް ސެމިއާ ސުލުހު އެވެ.

ޓެންޒޭނިއާގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅަކަށް ނާއިބު ރައީސް ސެމިއާ ސުލުހު ވެވަޑައިގެން އެ ކަމަނާ ވަނީ މިހާރު ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް