ads
މޫސުން ގޯސް ދުވަހެއް--
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ: މެޓް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، ލ. އަތޮޅުން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 22:00 އިން ފެށިގެން ދަންވަރު 03:00 އާ ހަމައަށެވެ. އެގޮތުން، އެ ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި، އަދި ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް ބުނެ އެވެ.

މިއަދުގެ މެންދުރު ވެސް މެޓުން ވަނީ ގއ. ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް މެންދުރު 12:00 އިން 16:00 އަށް ނެރެފައިވާ އެ އެލާޓުގެ މުއްދަތު ހަމަވިއިރު ވެސް އެ ސަރަހައްދައް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ މުއްދަތު ދިގުކޮށް ހަވީރު 16:30 ފެށިގެން ރޭގަނޑު 22:00 އަށް ވެސް ދަންމާލި އެވެ. 

ރާއްޖޭގެ މޫސުން ލާފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. 

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުުނެއެވެ. 

މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ. ރާޅުގެ އުސްމިން އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ، އެއް ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.  

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް