ads
ޑރ. ޝަހީމް އަލީ ސައީދު -- ފޮޓޯ: ރައީސް އޮފީސް
އަސްކަރިއްޔާއާމެދު ހަގީގަތާއި ހިލާފް ވާހަކަ ފަތުރައިގެން ނުވާނެ: ޝަހީމް
ދިވެހި އަސްކަރިއްޔާ އާމެދު ހަގީގަތާއި ހިލާފު އެއްވެސް ވާހަކައެއް ފަތުރައިގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅާއި ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކުރި އެއްބަސްވުމުން ކަމަށް ބުނެ މިދިޔަ ހަފްތާގައި ބައެއް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ލިޔުންތަކެއް ދައުރުކޮށްފައިވެއެވެ. އަދި އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެއީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުން އެކުލަވާލުމަށް އަސްކަރިއްޔާގެ އިސް އޮފިޝަލުން އެތައް މިލިއަން ޑޮލަރެއްގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ، ދިވެހި އަސްކަރިއްޔާ އަކީ ދިވެހި ދައުލަތުގެ އެންމެ ޝަރަފްވެރި މުއައްސަސާ ކަމަށާއި، ދީނާއި ގައުމުގެ ދިފާއީ އައްޑަނަ ކަމަށެވެ.

އަދި ހުރިހާ ފަރާތްތަކުންވެސް އަސްކަރިއްޔާގެ ޝަރަފާއި އައުދާނަކަން ދަމަހައްޓަވަން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެ މުއައްސަސާ އާމެދު ހަގީގަތާއި ހިލާފް އެއްވެސް ވާހަކަ އެއް ފަތުރައިގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީ އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ، އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ދައުރުކުރަނީ ދޮގު ލިޔުމެއް ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް