ads
މިނިސްޓަރު މަހުލޫފް..
މިނިސްޓަރު މަހުލޫފު އަނެއްކާވެސް "ޓޯން ބޮޑީ" ދައްކާލައިފި
ޖީމް އަށް ވަދެ ކަސްރަތުކޮށްލުމަށްފަހު އެމަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކޮލުމަކީ މިހާރު އާންމުކޮށް މީހުން ކޮށްލާ ކަމެކެވެ. ކުޑަމިނުން އިންސްޓަގްރާމްގެ ސްޓޯރީއަށް ނަމަވެސް އަޕްލޯޑް ކޮށްލުން އެއީ މިހާރު ޓްރެންޑެކެވެ.

މިފަހަރު އަނެއްކާވެސް އެގޮތަށް ކަސްރަތު ކުރާ މަންޒަރާއި އެކު "ޓޯން ބޮޑީ" ދައްކާލީ، ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.

މިނިސްޓަރު މަހުލޫފް އެ ޕޮޓޯ ހިއްސާކުރެއްވީ "ޖިމް ޖައްސަން" ފެށުމުގެ ކުރިންނާއި މިހާރު ހަށިގަނޑަށް އައިސްފައިވާ ބަދަލު ދައްކާލުމުގެ ގޮތުންނެވެ. އެގޮތުން އޭރާއި މިހާރު ކަން ފާހަގަކުރައްވައި މިނިސްޓަރު މަހުލޫފް ވަނީ، ޒުވާނުންނަށް ހިތްވަރުގެ މެސެޖެއްވެސް ހިއްސާ ކުރައްވާފައެވެ. 

މިނިސްޓަރު ވިދާޅުވަނީ، އެއްވެސް ކަމަކީ ނުވާނޭ ބުނުމަށްފަހު ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަސައްކަތް ކުރުމުން ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަމަށެވެ. 

މިނިސްޓަރު މަހުލޫފް ވަނީ މީގެކުރިންވެސް މިގޮތަށް "ޓޯން ބޮޑީ" ދައްކާލާފައެވެ. އެގޮތުން ކަސްރަތު ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރައްވައި އެފަހަރު މިނިސްޓަރު ވިދާޅުވީ، ބަސް މަދުކޮށްފައި އަމަލު ގިނަ ކުރާށެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް