ads
ޑރ. މުހައްމަދު މުއިއްޒު--
އަންގާރަ ދުވަހު މުއިއްޒު އޭސީސީ އަށް ހާޒިރު ކުރަނީ
އަންނަ އަންގާރަ ދުވަހު އޭސީސީ އަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު އަދި އިދިކޮޅު ކޯލިޝަނުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭސީސީއަށް ހާޒިރު ކުރާ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މިރޭ ޓުވީޓެއް ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރު ކުރަނީ ސަރުކާރުން އަންގައިގެން، އޭނާގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއެޅުމުގެ ގޮތުން، އަސްލެއްނެތް ދޮގު ވާހަކަތައް ފެތުރުމަށް އަދި އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.

މާޗް 23 ވާ އަންނަ އަންގާރަ ދުވަހު އޭނާ އޭސީސީއަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށާއި، ފުރިހަމައަށް ޖަވާބުދާރީ ވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އަންގާރަ ދުވަހު މުއިއްޒު އޭސީސީއަށް ހާޒިރު ކުރާއިރު، މީގެ ކުރިން މުއިއްޒު ވަނީ ނޫމަޑި މައްސަލައިގައި ސުވާލު ކުރުމަށް ފުލުހަށް ހާޒިރު ކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް