ads
މީރާ އާއި އޭނާގެ ބައްޕަ--
ފާޑުކިޔާ މީހުންނަށް މީރާގެ ނުސީދާ ހަމަލާއެއް!
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިކާ ޖާވިދު އަލީ ލަވައަކުން ފެނިގެންދާނެކަން އިއުލާން ކުރެވުމާއެކު އެންމެ ގަދަޔަށް ކުރެވުނު އެއް ބަހުސްއަކީ "ނެޕޮޓިޒަމް" ގެ ބަހުސް އެވެ.

މިނިސްޓަރުކަމުގެ ނުފޫޒުން ކުއްްޖާއަށް ފުރުސަތު ފަހިކޮށްދިންކަމުގެ އަޑުތަކާއެކު މަހްލޫފަށް އޭނާގެ ދަރީގެ ދިފާއުގައި ނިކުންނަން ވެސް ޖެހުނެވެ. އަދި އާންމުން ވެސް ދެކޮޅަށް ނިކުތެވެ. އެއީ މަހްލޫފްގެ ދިފާއުގައި ނިކުތް މީހުންނާއި އޭނާއާ ދެކޮޅަށް ނިކުތް މީހުންނެވެ. 

މަހްލޫފްގެ ދިފާއުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ މަހްލޫފާ ދެކޮޅަށް ނިކުތް ބައެއް މީހުންނަށް ވެސް ރައްދުދީފަ އެވެ. އެގޮތުން ނުސީދާ ގޮތަކަށް މަހްލޫފާ ދެކޮޅަށް ލަވަކިޔުންތެރިޔާ މެޒޯމޯޑް ނިކުތުމުން، އޭނާއާ ވެސް ދިމާކޮށްލީ މިބުނާ ނެޕޮޒިޓިޒަމްއޭ ކިޔައިގެންނެވެ. 

އެގޮތުން ދަރިފުޅު މީރާ މާޖިދަށް ފުރުސަތު ފަހިކޮށްދިން ގޮތް ގޮތާއި ގުޅިގެން ސުވާލުކުރަން ފެށި އެވެ. ކޮންމެއަކަސް އެކަމަށް މީރާ މިވަނީ ރައްދެއްދީފަ އެވެ. އެގޮތުން މޮޅު މީހާއަށް ނުވަތަ ތަނަވަސް މީހުންނަށް ބުރަ މަސައްކަތްކުރާ މީހުންނާއި އެ މީހުން ތަހައްމަލުކުރާ ކަންކަން އިހުސާސް ނުކުރެވޭނެ ކަމަށް މީރާ ބުނެފައިވެ އެވެ. 

އެހަނދާނުގައި އިން ލަވަކިޔުމުގެ ދުނިޔެއަށް ތައާރަފުވި މީރާއަކީ މިއަދު ރާއްޖެގެ އެންމެ މަޝްހޫރުއެއް އަންހެން ލަވަކިޔުންތެރިޔާ އެވެ. އޭނާ ލަވަތަކަކީ ހިތްގައިމު ރީތި ލަވަތަކެކެވެ.

51%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް