ads
ދިވާސް އާއި ނެހާ
އިންޑިއަން އައިޑަލް 11ގެ ބައިވެރިއަކަށް ނެހާ އެއްލައްކަ ރުޕީސް ދީފި
އިންޑިއަން އައިޑަލް 11ގެ ބައިވެރިއަކަށް ނެހާ ކައްކަރު އެއްލައްކަ ރުޕީސް ދީފި އެވެ.
އިންޑިއަން އައިޑަލް 11ގެ ބައިވެރިއަކަށް ނެހާ ކައްކަރު އެއްލައްކަ ރުޕީސް ދީފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދިވާސް ނަމަކަށް ކިޔާ މި މީހާ ވަނީ އޭނާ ދިވާލީ ފާހަގަކުރުމަށް އާއިލާ ކައިރިއަށް ނުދާތާ މިހާރު ހަ އަހަރު ވެއްޖެ ކަމަށް އިންޑިއަން އައިޑަލް ޝޯ ތެރެއިން ބުނެފަ އެވެ. އަދި އޭނާ އަށް ދިވާލީ ފާހަގަކުރުމަށް އާއިލާ ކައިރިއަށް ނުދެވުނީ ހަ އަހަރު ވަރަށް ބުރަކޮށް ފެކްޓްރީއެއްގައި މަސައްކަތް ކުރަންޖެހުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިވާހަކަތައް އަޑުއެހުމަށްފަހު ނެހާ ވަނީ ދިވާސް އަށް އާއިލާއާ އެކީ ދިވާލީ ފާހަގަކުރުމަށް އެއްލައްކަ ރުޕީސް ހަދިޔާ ކޮށްފަ އެވެ. އަދި އާއިލާ ކައިރިއަށް ދާން ޓިކެޓު ގަނެ، އާ ހެދުމާއި ފޮނި ކާތަކެތި އާއިލާއަށް ގެންގޮސްދިނުމަށް ނެހާ ވަނީ ދިވާސް އަށް އެދިފަ އެވެ.

ގިނަ ރީތި ލަވަ ތަކެއް ހުށަހަޅައިދީފައިވާ ނެހާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.

އޭނާއަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް