ads
އިދިކޮޅު ކޯލިޝަނުން ރައީސް އަށް ފޮނުއްވި ސިޓީ..
ޔޫޓީއެފް އެގްރީމެންޓު ހާމަކުރަން އެދި ރައީސް އަށް ސިޓީއެއް ހުށަހަޅައިފި!
އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރުމަށް އެދި ރައީސް ސޯލިހުއަށް، އިދިކޮޅު ކޯލިޝަންއިން ސިޓީއެއް ފޮނުވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ މި ސިޓީ ރައީސް އޮފީހާއި ހަވާލުކޮށްފައެވެ. 

އިދިކޮޅުން ރައީސް އަށް ލިޔެފައިވާ ސިޓީ އޮތީ ބޮޑު ކެންވަސް އަކަށް ޕްރޮންޓުކޮށްފައެވެ. ސިޓީ އުފުލަނީ ހަތަރު ފަރާތުގައި މީހުން ތިބެގެނެވެ. 

އެގޮތުން އެ ސިޓީގައި ވަނީ، ދިވެހި ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ލިބޭ ކޮންމެ ފަހަރަކުމެ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ އެގްރީމެންޓުތަށް، ބޭރުގެ ވިޔަފާރި ވެރިންނާއި، ބޭރުގެ ދައުލަތްތަކާއި އެކު ހަދަމުން އަންނަ ކަމަށާއި، އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އިންތިހާއަށް އެބައޮތް ކަމަށެވެ. 

އެގޮތުން ވެރިކަމަށް ވަދައިގަތުމަށް ރައީސް ސޯލިހު ރައްޔިތުންގެ "ދެއްކެވި ހުވަފެންތަކާއި" ހިލާފަށް، ގައުމުގެ މިނިވަންކަމާއި، ކަރާމާތަށް ބެލުމެއްނެތި، އަޑިނޭންގޭ ސިއްރު އެއްބަސްވުންތަކުގައި އިންޑިއާ ސަރުކާރާއި އެކު ސޮއެކޮށްފައި އޮތުމުން، އިންތިހާއަށް ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް ސިޓީގައި ވެއެވެ. 

އެފަދަ އެއްބަސްވުންތަކުގެ ގޮތުގައި ސިޓީގައި ބަޔާންކޮށްފައިވަނީ، އުތުރުތިލަފަޅު އެގްރީމެންޓާއި، އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުގެ އެގްރީމެންޓާއި، ޑޯނިއޯ މަތިންދާބޯޓުގެ އެގްރީމެންޓާއި، ރާޑަރުތައް ބެހެއްޓުމުގެ އެގްރީމެންޓާއި، ހައިޑްރޯ ގްރަފީ ހެދުމުގެ އެގްރީމެންޓެވެ. 

މި އެގްރީމެންޓުތައް ފާހަގަކުރުމަށްފަހު އެ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ ކަންބޮޑުވުންތައް ފިލިވައި ދެއްވުމަށް މި އެގްރީމެންޓުތަކުގެ ހަގީގަތް ހާމަކޮށްދެއްވުމަށް އެދޭކަމަށެވެ. 

your imageއިދިކޮޅު ކޯލިޝަނުން ރައީސް އަށް ފޮނުއްވި ސިޓީ.. 

ރައީސް ސޯލިހުއަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން މި ސިޓީ ހަވާލުކޮށްދިނުމަށް ރައީސް އޮފީސް ކައިރިއަށް އިދިކޮޅުގެ ސަޕޯޓަރުންވެސް ވަނީ އެއްވެފައެވެ.

62%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
34%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް