ads
ފޮޓޯ--ފެނަކަ
ރާއްޖެ ކާބަންނިއުޓަރަލް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ފެނަކަ
އަންނަ 2030 ވަނަ އަހަރަށް ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދް މިހެން ވިދާޅުިވެފައި ވަނީ އިއްޔެ ލ. ގަމު ކައުންސިލާއެކު ފެނަކަ ކޯޕަރޭޝަނުން ނެޓްމީޓަރިން އުސޫލުން ލ. ގަމުގައި ފަސް މިސްކިތާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ޕީވީ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އެއެއްބަސްވުމުގައި ފެނަކައިގެ ފަރާތުން އެމްޑީ ސައީދު ސޮއިކުރެއްވަނީ ސޮއި ކުރައްވާފަ އެވެ. އަދި ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެވެ.

your imageފޮޓޯ--ފެނަކަ

އެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ހަކަތަ އުފެއްދުމުގައި ފެނަކައިގެ މިސްރާބު ހުރީ ތެލާއި ދުރަށް އިއާދަކުރަނަވި ހަކަތައާ ދިމާލަށް ކަމަށެވެ. އަދި އެ މިސްރާބުގައި ފެނަކައަށް ގިނަ ލަނޑުދަަނޑިތަކެއް ހާސިލްކުރެވެމުން އަންނަ ކަމަށް ސައީދު ފާހަގަކޮށްފައި ވެއެވެ.

ލ. ގަމު ގައިވެސް ގިނަ ސޯލާ ޕެނަލްތަކެއް ހަރުކުރެވޭނެ ކަމަށާއި އެކަމުގެ މަސައްކަތްތައް މިނިސްޓްރީއާއިއެކު މިހާރުވެސް ކުރިއަށްދާ ކަމަން ފާހަގަކުރަމުން ސައީދު ވިދާޅުވީ ގަމު ކައުންސިލާއެކުގައި ވެވުނު އެއްބަސްވުމަކީ ތާރީހީ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމުގެ ސަބަބުން ފެނަކައަށް އާ ޕްރޮޖެކްޓްތައް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް