ads
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ގޮތުގެ ކުރެހުމެއް ---
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި
ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން އިއްޔެ ކުރި މި އިއުލާނަކީ، އިންޑިއާގެ ކުންފުނިތަކުގެ ތެރެއިން މި މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކަށް ހުޅުވާލި ފުރުސަތެކެވެ. 

your imageހަނިމާދޫ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވާ އިންނާނެ ގޮތުގެ ކުރެހުމެއް ---

އެގޮތުން އިންޑިއާ އަދި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެ ބޭންކުން ޕްރީ ކޮލިފިކޭޝަން އެކްސަސައިޒެއް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެއަށްފަހު "ޕްރީ ކޮލިފައިޑް ބިޑާސް" ގެ ލިސްޓެއް ހުށަހަޅަމް ޖެހޭކަން ފާހަގަ ކޮށްފައިވެއެވެ. 

މި ބިޑުގެ ޕްރީ ކޮލިފިކޭޝަނަށް އެޕްލައި ކުރަން ބޭނުންވާ ކުންފުނިތަކުން އޭޕްރީލް 22ގެ 15:00ގެ ކުރިން އެ ބޭންކަށް އެޕްލިކޭޝަން ފޮނުވުމަށް އެގްޒިމް ބޭންކުގެ އިއުލާނުގައި ވެއެވެ.

your imageހަނިމާދޫ އެއާޕޯޓުގެ ކާގޯ ޓާމިނަލުގެ ކުރެހުމެއް ---

އެގްޒިމް ބޭންކުން އާންމު ކުރި އިއުލާނުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެކި މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.

ހަނިމާދޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ހަތް އަހަރުވެފައިވީ ނަމަވެސް އެތަނުން ބައިނަލްއަގްވާމީ ފެންވަރަށް ހިދުމަތް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އިންތިހާއަށް އެބަ އޮތެވެ.  

އެއާއެކު ހަނިމާދޫގައި އަލުން އެއާޕޯޓު އަޅަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. 

މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި A320 އަދި ބޮއިންގް 373 ގެ މަތިންދާ ބޯޓު ޖެއްސޭ ވަރުގެ، 2200 މީޓަރުގެ ރަންވޭއެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، މަތިންދާ ބޯޓް ޕާކްކުރާ އޭޕްރަންއެއްގެ އިތުރުން ވަކި ޖެޓީއަކުން އުޅަނދު ފަހަރު ގާތްކުރެވޭ ގޮތަށް ފިއުލް ފާމެއް އެޅުމަށް ވަނީ ހަމަޖައްސާފައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އަންނަ ޖުލައި މަސް ތެރޭގައި ފެށޭނެ ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް