ads
އާންމުވި ވީޑިއޯގެ ސްކްރީންޝޮޓެއް--
އަތުން އެއްޗެހި ދޮވެދިނުމަށް ފަހު މީހުންނަށް ދޮންނަ މެޝިން ދިނުމަށް ވައުދުވެއްޖެ
އިންޑިއާގައި ވެސް އިންތިހާބުގެ ފޯރި މިވަނީ ގަދަވެފަ އެވެ. އެގޮތުން ވޯޓާ ގާތްކޮށް ކެންޑިޑޭޓުން އުޅޭ ގޮތަށް އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާއިރު މިފަހުރު ކަޅި ހުއްޓިގެން މިދިޔައީ އިންޑިއާގެ "އޯލް އިންޑިއާ އަންނަ ދްރަވިދާ މުންނެތްރަަ ކަޒަގަމް"ގެ ކެންޑިޑޭޓަކަށެވެ.

ރައްޔިތުންގެ ސަމާލުކަން ހޯދާއި، އެ މީހުންނާއި ގާތުން މަަސައްކަތްކުރާކަން ދެއްކުމުގެ ނިޔަތުގައި ތަންގާ ކަތިރަވާން ނަމަކަށް ކިޔާ ކެންޑިޑޭޓަކު ވަނީ އޭނާ ނިސްބަތްވާ ތަމިލް ނާޑޫގެ، ނަގަޕައްޓިނާމް ސަރަަހައްދުގެ މީހުންގެ އެއްޗެހި ދޮވެދޭން އުޅެފަ އެވެ. އަދި މަގާމަށް ހޮވިއްޖެނަމަ ރައްޔިތުންނަށް މެޝިން ގަނެދިނުމަށް އޭނާ ވައުދުވި އެވެ. 

މީޑިއާތަކުގެ ސަމާލުކަން އޭނާއަށް ހުއްޓިގެންދިޔައީ ކެމްޕެއިންކުރުން އެހެން ލެވެލްއަކަށް ގެންދިއުމުންނެވެ. އެއް ބަޔަކު އޭނާއަށް މަލާމާތްކުރީ ކެމްޕެއިނާ ދިމާކޮށް އެ ހުރިހާ ސަކަރާތެއް ޖެހިޔަސް، މަގާމަށް ހޮވުން ރައްޔިތުންނާއި ގާތުން މަސައްކަތް ނުކުރާނެ ކަމަށް ބުނެ އެވެ. އަނެއް ބަޔަކު ވަނީ އޭނާގެ ހިތްވަރަށް ތައުރީފް ވެސް ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ، އޭނާ އަތުން، އެއްޗެހި ދޮވެ، އޭގައި ފެންލާ މަންޒަރެވެ. އަދި އޭނާގެ ސަޕޯޓަރުން ކައިރީގައި ތިބެ ހިތްވަރުދެމުންދިޔަ މަންޒަރު ވެސް ފެނިގެންދެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް