ads
ފޮޓޯ: އެމްޓީސީސީ
ދިއްގަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި މ. ދިއްގަރު ދާއިރާގެ މަޖްލިސް މެންބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގަތެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެކުންފުންޏާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 84.121 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.

މްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުން ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އެގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫއުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރު ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިހިނގާ 2021 ވަނަ އަހަރަކީ ވެސް ގިނަ މަޝްރޫއުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް