ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
އިތުރު ދެ ލައްކަ ޑޯޒްގެ ވެކްސިން އިންޑިއާއިން ރާއްޖެއަށް ދެނީ
އޮކްސްފޯޑް ޔުނިވާސިޓީ އާއި އެކްސްޓްރާޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާއިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިން އެގައުމުން އެކްސްޕޯޓު ކުރުން ވަގުތީގޮތުން ހުއްޓާލިޔަސް ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އިންޑިއާ އިން ކޮވިޝީލްޑް ވެކްސިން އެކްޕޯޓްކުރުން މެދުކަނޑާލި ހަބަރު ރޭ ބީބީސީން އާންމުކުރުމާއެކު ގިނަ ބައެއްގެ ހިތުގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނާއި ގުޅިގެން ސުވާލު އުފެދޭނެ ކަމަށެވެ. 

އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ކޮނޑަށް ޖަހައިގެން، ދެވަނަ ޑޯޒްގެ އިންތިޒާރުގައި ކިހާ ދުވަހަކު ތިބެންޖެހޭނެތޯ އެމީހުންގެ ހިތުގައި ސުވާލު އުފެދިގެންދާނެ ކަމަށެވެ. 

މިނިސްޓަރު ޝާހިދު ވިދާޅުވީ މިހަފްތާގެ ތެރޭގައި އިންޑިއާއިން އެއް ލައްކަ ޑޯޒް ރާއްޖެއަށް ދޭނެ ކަމަށް އެ ގައުމުން އަންގާފައިވާ ކަމަށާއި އަދި އިތުރު އެއް ލައްކަ ޑޯޒް ވެސް ރާއްޖެއަށް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އިންޑިއާ އިން މީގެ ކުރިން ވެސް ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކުރި އެވެ. އެގޮތުން ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމު ވެސް އިންޑިއާއިން ހަދިޔާކުރި ވެކްސިނާއެކު ފެށިއިރު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރަން ޖެހެނީ ވެސް އެންމެ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާ ބްރޭންޑުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް