ads
ފެލިވަރު——
ފެލިވަރަށް އަރާއި ފޭބުން މަނާކޮށްފި
ޅ. ފެލިވަރަށް އަރާއި ފޭބުން މަނާކޮށްފި އެވެ.

މިފްކޯ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިންވަނީ ފެލިވަރު މޮނީޓަރިންގް ހާލަތަށް އިއްޔެ އަންގާފައި ކަމަށެވެ. 

މިފްކޯ އިން ބުނީ އެ އެންގުމާއި ގުޅިގެން ކުންފުނިން ކަންކަން ގާތުން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް މުވައްޒަފެއް ކޮވިޑް-19 އަށް ފެލިވަރު ސެންޓަރުން ޕޮޒިޓިްވްވެފައި ނުވާ ކަމަށެވެ. 

އެގޮތުން ފެލިވަރު ސެންޓަރުގައި މުވައްޒަފުންގެ ހާލަތު ދެނެގަތުމަށް އެޗްޕީއޭގެ ޓީމަކުން ވަނީ ފެލިވަރަށް ރޭގެ ވަގުތެއްގައި ގޮސް 104 މުވައްޒަފުންގެ ސާމްޕަލް ނަގާފައި ކަމަށް ވެސް މިފްކޯ އިން ބުނެ އެވެ. 

އަދި އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިނުވާކަން ފާހަގަކޮށް ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގައި އެޗްޕީއޭއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ފެލިވަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ ޅ. ނައިފަރުން ބަޔަކު އެރަށަށް ދަތުރުކޮށްފައިވާތީ އެވެ. ރ. އުނގޫފާރު ކްލާސްޓާއާ ގުޅިގެން ނައިފަރު ވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް