ads
ފޮޓޯ: ޕީޕީއެމް
ސަރުކާރުން އުޅެނީ ސިވިލް ސާވިސް މުވައްޒަފުންގެ އަނގަ ބަންދުކުރަން: އިދިކޮޅު
ސަރުކާރުން މިހާރު ކުރަމުންދާކަމަކީ ސިވިލް ސާވިސް މުވައްޒަފުންގެ އަނގަ ބަންދުކޮށް، ހުރިހާ ބާރެއް އެމްޑީޕީގެ މުށުތެރެއަށް ޖަމާކުރުން ކަމަށް އިދިިކޮޅުން ތުހުމަތުކޮށްފި އެވެ.

ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންގެ އަގުވައްޓާ ފުރައްސާރަކުރާ ކަމަށް ބުނެ އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ އަގު ވައްޓާލާ، އެ މުވައްޒަފުންނަށް ގޯނާކޮށް ނަފްސާނީގޮތުން ބަލިކޮށްލުމަށް މި ސަރުކާރުން ކުރަމުންގެންދާ މަަސައްކަތް ކުށްވެރިކުރާ ކަމަށެވެ. 

ސިވިލް ސާވިސް މުވައްޒަފުން ކުށުގެ ގޮޅިއަކަށް ފެއްތުމުގެ ގޮތުން ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ސިވިލް ސާވިސް މުވައްޒަފުންގެ އަނގަ ބަންދުކޮށް، ހުރިހާ ބާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ މުށުތެރެއަށް ޖަމާކުރުން ކަމަށް ވެސް ތުހުމަތު ކުރެ އެވެ. 

މި ސަރުކާރު މިހާރު ދަތުރު ކުރަމުންދަނީ ޑިމޮކްރެސީގެ އަސާސްތަކާ ދުރަށް، ދުނިޔޭގެ އެންމެ ބޮޑެތި ޑިކްޓޭޓާޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށްކަން ފާހަގަކޮށް ބަޔާނުގައި ބުނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން ސިވިލް ސާވަންޓުން މަހްރޫމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިސަރުކާރު ތަމްސީލް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ސިވިލް ސާވަންޓުންނަކީ، އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ "ފޭސްލެސް" އަދި "އަޑެއް ނެތް ބައެއްކަމަށް ވިދާޅުވެފަ އެވެ. 

މިއީ ދިވެހި ސިވިލް ސާވިސްގައި ހިދުމަތްކުރާ 26000 އަށް ވުރެ ގިނަ މުވައްޒަފުންގެ އަގު ވައްޓާލާ އެ މުވައްޒަފުންނަށް ނިކަމެތިކަން ގެނެސްދިން ވާހަކަތައް ކަމަށާއި ގައުމީ ހިދުމަތުގައި ރެއާދުވާލު މަސައްކަތްކުރާ މުވައްޒަފުންނާއި ގައުމަށް އަގުނުކުރެވޭފަދަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާމެދު ދައްކާފައިވާ ވަރަށް އިހްތިރާމްކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް