ads
ކާށިދޫ ދަނޑެއް ހަލާކުވެފަ: ފޮޓޯ ސޯސަލްމީޑިއާ
މޫސުން ގޯސްވެ ކާށިދޫގެ ދަނޑުތަކެއް ސުންނާފަތި ވެއްޖެ
މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ކ. ކާށިދޫގެ ބައެއް ދަނޑުތަކެއް އިއްޔެ ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް ދަނޑުތައް އެއްކޮށް ސުންނާފަތި ވެއްޖެއެވެ.

ދަނޑުވެރިކަމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކާށިދޫގެ ދޮންކެޔޮ އަދި ފަޅޯ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެރަށު ކައުންސިލުގެ މެންބަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވިއެވެ. 

މިގޮތުން ކާށިދޫގައި ފަޅޯ ދަނޑު ހައްދާ މީހަކު އޭނާގެ ދަނޑު ސުންނާފަތިވެފައިވާ ފޮޓޯއާއެކު، ބުނެފައިވަނީ ވަޔާއެކު މުޅި އިންވެސްޓުމަންޓު ހަލާކުވެއްޖެކަމަށެވެ. 

"ރައްޔިތުންނަށް ދިމާވާ މިފަދަ ބޮޑެތި ގެއްލުންތަކަށް ސަރުކާރުން އަޅާނުލުމަކީ ވެވޭ އިހުމާލެއް،" -ދަނޑުވެރިއާ- 

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އިއްޔެ މެޓުން އޮތީ ޔެލޯ އެލާޓުވެސް ނެރިފައެވެ. 

ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހި ބޯކޮށް ވާރެވެހި ވިދާ ގުރުރާނެކަމަށް އިއްޔެ މެޓުން ލަފާކޮށްފައިވެއެވެ. 

މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބުން މާލޭގެ ބައެއް ތަންތަނުގެ ފުރާތުތައްވެސް ވަޔާގޮސް ފައިވެއެވެ. 

20%
ކަމުގޮސްފި
70%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް