ads
ސުޕަރ ޔުނައިޓެޑާ ގްރީންގެ ކުރީގެ މެޗުގެ ތެރެއިން
ދޮޅު މަހެއްހާ ދުވަސް ފަހުން ލީގުގެ މެޗެއް މިއަދު
ދޮޅު މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު، ދިވެހި ލީގުގެ ކުޅުން މިއަދު ފަށާނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ސުޕަރ ޔުނައިޓެޑާ ކްލަބު އީގަލްސްއެވެ. އަދި މިރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ޔޫވީއާ ދެކޮޅަށެވެ.

ދޮޅު މަހެއްހާ ދުވަހަށް ދިވެހި ލީގުގެ ކުޅުން މެދު ކެނޑުނީ، ކޮވިޑާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މަހުގެ ތިންވަނަ ދުވަހު ލީގު މެދު ކަނޑާލަން ޖެހުމުންނެވެ. ލީގު މެދު ކަނޑާލުމަށް ފަހު ދުވަސްކޮޅެއް ވަންދެން ކްލަބުތަކަށް ޕެރެކްޓިސް ކުރުމުގެ ހުއްދައެއް ނެތެވެ. އެހެންނަމަވެސް ފަހުން އެޗްޕީއޭއިންވަނީ ޕްރެކްޓިސް ކުރުމުގެ ހުއްދަ ކްލަބުތަކަށް ދީފައެވެ.

ލީގު މެދު ކަނޑާލުމުން އެފްއޭއެމުންނާ ކްލަބުތަކުން އައީ ލީގު އަލުން ފެށުމަށް މެދު ނުކެނޑި އެޗްޕީއޭއަށާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޕްރެޝަރު ކުރަމުންނެވެ. އެހެންމަވެސް އެއިން އެއްވެސް ޕްރެޝަރަކަށް އެޗްޕީއޭއިން ފެހި ސިގްނަލެއް ނުދިނުމުން އެންމެ ފަހުން ކްލަބުތަކުންވަނީ ދަރުބާރުގޭ ދޮށާއި އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެންބަރުންގެ ގޭގޭގެ ދޮށުގައި އެއްވެ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރުދީފައެވެ. ލީގުގެ ކުޅުން ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ މި އިންޒާރުތައް ދިންތާ ސާޅީސް އަށްގަޑިއިރުވެސް ނުވަނީހެވެ.

ލީގުގެ ކުޅުން އަލުން ފަށާއިރު، ޓޭބަލްގެ އެއްވަނައިގަ އޮތީ މާޒިޔާއެވެ. އެއީ ލީގު މެދު ކަނޑާލުމުގެ ކުރިން ކުޅުނު ނުވަ މެޗުން ހޯދި އެކާވީސް ޕޮއިންޓާ އެކުއެވެ. ދެވަނައިގަ އޮތް ވެލެންސިޔާއަށް ނުވަ މެޗުން ފަނަރަ ޕޮއިންޓް ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް