އެ ސުވާލުތަކަށް ޖަވާބު ދެމުން 33 އަހަރުގެ ނޭހާ ބުނީ އޭނާއަށް ވަނީ ލޯބީގައި ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައި ކަމަށެވެ. ނަމަވެސް އުންމީދާ އެކީގައި ކުރިއަށް އޮތްތާގައި ވަފާތެރި ލޯބިވެރިއަކު ލިބޭނޭ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ނޭހާ ބުނެފައި ވަނީ އޭނާ ރަށްޓެހިވާން ބޭނުންވަނީ ތެދުވެރި، ވަފާތެރި އަދި އޭނާ ދެކެ އިންތިހާއަށް ލޯބިވާ މީހަކާ ކަމަށެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ލޯއްބަކީ ކޮންމެ ތަނަކުވެސް، ކޮންމެ ވަގުތަކުވެސް ވެދާނެ އެއްޗެއް ކަމަށް ވެސް ނޭހާ ވަނީ ބުނެފަ އެވެ.