ads
ކުރީގެ ހުކުރު ހުތުބާއެއްގެ ތެރެއިން--
ރޯދައަށް ހާފިޒުން ގެންނަން ހާއްސަ ވިސާއެއް ދޫކުރަނީ
މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ގާރީން ގެނައުމަށް ހާއްސަ ވިސާއެއް ދޫކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ 1442 ވަނަ އަހަރު ރަމަޟާން މަހު މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ ގާރީން ގެނައުމަށް އެދޭ ފަރާތްތަކުން، އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ކަމަށެވެ.  އަދި ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ސިސްޓަމް މެދުވެރިކޮށް އެންގޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ. 

- ހިފްޒުކޮށް ތަފާރީހު ކުރަން ބޭރުން ގާރިންނާއި ހާފިޒުން ގެންނަން ބޭނުން ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވީޒާއަށް އެދޭ ފޯމް" (IM22)
  • "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމް" (IM30)
  • ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ.
  • ބިދޭސީ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ދޫކޮށްފައިވާ ހުއްދަ.

އިމިގްރޭޝަނުން ބުނީ ޙާފިޒުންނާއި ގާރީންނާއި އެކުގައި އާއިލާގެ މެމްބަރުން (އަނބިން/ދަރިން) ދަތުރު ކުރާނަމަ އެމީހުން ގެންނަ އިދާރާއަކުން އެ ފަރާތްތައް ސްޕޮންސާކުރަން ޖެހޭނެ ކަމަށާއި އެގޮތުން އެފަރާތްތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވީސާއެއް ކަމަށެވެ. އަދި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރާނަމަ، ވީސާ ހަމަވުމުގެ ކުރިން އެ ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެ އެވެ.

އިމިގްރޭޝަނުން ވަނީ އެފަދަ ފަރާތްތައް ރާއްޖޭގައި ތިބޭ މުއްދަތުގައި ވީސާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރުމަކީ، އެފަރާތްތައް ރާއްޖެ ގެންނަ ފަރާތެއްގެ ޒިންމާއެއް ކަމަށާއި އެހެންކަމުން، ދޫކޮށްފައިވާ ވީސާގެ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ހަނދާންކޮށްދޭ ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް