ads
މަހްލޫފް އަދި ނަޒޫ
އުފަންދުވަހުގެ ތަހުނިޔާ ނަޒޫގެ ލޯބި މެސެޖަކުން!
ޔޫތު މިނިސްޓަރު އަހްމަދް މަހްލޫފް އާއި އަބިކަނބަލުން ނަޒޫ ނަސީމް އަކީ ހުރިހާ ގޮތަކުން ބަލާނަމަވެސް ނަމޫނާ ދެމަފިރިންނެވެ.

އެކަކު އަނެކަކު ދެކެވާ ލޯބީގެ އިތުރުން މަންމަ އަކާއި ބައްޕައެއްގެ ހައިސިއްޔަތުންވެސް މިއީ ނަމޫނޫ ދެމަފިރިންނެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ތެރެއިން ފިރިމީހާ ޖަލުގައި އެތައް ދުވަހެއް ވަންދެން ހޭދަކުރަން ޖެހުނުއިރުވެސް ފިރިމީހާގެ ދިފާއުގައި ފުރަތަމަ ފަހަރަށް ސިޔާސީ ކަންކަމުގައި ވެސް ހަރަކާތްތެރިވެ، ފިރިމީހާ މިނިވަން ވުމާއި ހަމަޔަށް އަބިކަނބަލުން ނަޒޫ ކުރެއްވި ހިތްވަރުގަދަ މަސައްކަތުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. 

ފިރިމީހާގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން ނަޒޫ ވަނީ ދުވަހުގެ ތަހުނީޔާއާއިއެކު ފިރިމީހާއަށްވާ ލޯބިވެސް ބަންޑުންކޮށްލާފައެވެ. ތަހްނިޔާ ފޮނުވަމުން ނަޒޫ ކުރި ޓްވީޓެއްގައި ވަނީ" އަބަދުވެސް ދުޅަހެޔޮ ކަމާއި ކާމިޔާބީއަށް އެދޭ ކަމަށާއި އަބަދުވެސް އެކީގައި ކޮންމެ ކަމެއްގައި ހުންނާނަން" ކަން ހާމަކޮށްފައެވެ.

ހަމައެގޮތައް މަހްލޫފްވެސް ވަނީ ނަޒޫއަށް ޓަކައި ހިތުގައި އޮތް ލޯބި ބަންޑުން ކޮށްލާފައެވެ. އަނބިކަނބަލުން ނަޒޫ އަށް ޝުކުރު އަދާކުރަމުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ދަރިފުޅު އެލީ އާއި ނަޒޫއާއި އެކު ނަގާފައިވާ ފޮޓޯއެެއް ހިއްސާކުރަމުން ވިދާޅުވެފައި ވަނީ ނަޒޫ އަދި އެލީގެ ސަޕޯޓާއި ނުލާ އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމަށެވެ.

your imageފޮޓޯ: ޓްވިޓާ

މިނިސްޓަރު މަހުލޫފްގެ ދަރިފުޅު އެލީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއާ ޖާވިދު އަލީ އާއެކު ލަވައަކުން ފެނިގެން ދާނެ ކަމަށް އިއުލާނުކުރެވުނު ހިސާބުން އެ ކުޑަ ކުޑަ ކުއްޖާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ވަނީ އެތައް ވާހަކަތަކެއް ދައްކާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. 

އެންމެ ފުރަތަމަ މި ފާޑުކިޔުން އަމާޒުވުމާއެކު ވެސް މަހްލޫފް ވަނީ އެލީގެ ކުރިއެރުމަށް ބައްޕައެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ ޒިންމާއެއްކަން ފާހަގަަކުރައްވަމުން، ދަރިފުޅުގެ ވެސް އަދި އަމިއްލަ އެއްވެސް ކަމަކަށް ދައުލަތުގެ ފައިސާއެއްް އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ދުވަހަަކުވެސްް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

މި ފާޑު ކިޔުންތަކާއި އެކު ނަޒޫ ވެސް ދަރިފުޅުގެ ދިފާއުގައި ތެދުވިއިރު އެންމެ ކުޑައިރުން ފެށިގެން ދަރިފުޅުގެ ހުނަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ހާމަކުރި އެވެ.

ކޮންމެއަކަސް މިއީ ނަމޫނާ ދެމަފިރިިންގެ އިތުރުން ނަމޫނާ އަދި ޒިންމާދާރު މަންމައަކާއި ބައްޕައެއްކަން ސާބިތުކޮށްދިނެވެ. 

62%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް