ads
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ: ފޮޓޯ ސަން
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ސައްހައެއް ނުވާނެ: އަބްދުﷲ ދީދީ
ވޯޓުދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިހާބެއް ދުސްތޫރީގޮތުން ސައްހަ ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ދީދީ މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ސަންސެޓު ގާނޫނުން އިންތިހާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި އުމުރުން 18 އަހަރު ފުރޭ ރައްޔިތުންނަށް ގާނޫނޫ އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގު ނިގުޅައިގަނެފައިވާކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނާ، ވޯޓުދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިހާބެއް ދުސްތޫރީގޮތުން ސައްހަ ނުވާނެ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.  

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތް ކޮށް އިންތިހާބު ފަސްކުރުމަށް އޭރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސަންސެޓު ގާނޫނުގެ ސަބަބުން އެ ހައްގުވަނީ ނިގުޅައިގަންފަ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ. 

"ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނާ، ވޯޓުދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިހާބެއް ދުސްތޫރީގޮތުން ސައްހައެއް ނުވާނެ! ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތް ކޮށް ، ލޯކަލް ކައުންސިލް އިންތިހާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ޢައިރު ދުސްތޫރީ ވަގުތީ ގާނޫނުން އިންތިހާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި އުމުރުން 18 އަހަރު ފުރޭ ރައްޔިތުންނަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގު ވަނީ ނިގުޅައިގެންފަ" އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ސަންސެޓް ގާނޫނަކީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖޫންމަހުގެ ދެވަނަ ދުވަހުގެ ދަންވަރު ޖަލްސާއެއް ބާއްވާ ގައިޑްލައިންތަކާއި މުޅިން ހިލާފަށް މަޖިލީހުގެ ތަޅުމުގައި އެއްވެސް ގައިދުރުކަމެއް ނެތި ހަމަނުޖެހުން ހިނގައި، ބައެއް މެމްބަރުންނަށް އެކިވަރުގެ އަނިޔާތައް ވެސް ލިބިގެން ފާސްކުރެވުނު ގާނޫނަކަށް ވާއިރު އަނެއް އަހަރު ފެށުނުއިރު ވަނީ އެ ގާނޫނު ކަމު ނުގޮސްގެން އަނެއްކާ އިސްލާހު ކޮށްފައެވެ. 

އެޔަށްފަހު މިހާރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވަނީ މިއަންނަ އެޕްރީލް މަހުގެ 10ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް