ads
މަޑުއްވަރީގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން--
ރޭޕް ޝިކާރައަށްވި ކުއްޖާއާއި ގުޅިގެން ޖެންޑާގެ ނަސޭހަތް!
ރ. މަޑުއްވަރީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މައްސަލަ ބެލުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކުއްޖާގެ ހާލަތު ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަ ކަަމަށް ޖެންޑާ މިނިސްޓްރީން ބުނެ ގިނަ އިލްތިމާސްތަކެއް އެ މިނިސްޓްރީން ކޮށްފިއެވެ.

ރ. މަޑުއްވަރީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައި އެ މިނިސްޓްރީން ބުނީ، އެފަދަ މައްސަލައެއް މާޗު 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ރ.އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ހުށަހެޅިފައިވާ ކަމަށެވެ. 

އެ މައްސަލަ ހުށަހެޅުމާއެކު އެސާވިސްގެ ލަފައާއެކު އެ ސެންޓަރުން އައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ. 

"މިފަދަ ކޮންމެ މައްސަލައެއްގައި ވެސް މި މިސާވިސްގެ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާގޮތަށް އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން. މިގޮތުން މި މައްސަލަ މިސާވިސްގެ ސަމާލުކަމަށް އައުމާއެކު، މިސާވިސްއިން އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ކުއްޖާއަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް. މީގެއިތުރުން މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ގެނެސް، ގުޅުންހުރި މުއައްސަސާތަކާއެކު މިސާވިސްއިން މި ގެންދަނީ މަސައްކަތްކުރަމުން. އަދި މިސާވިސްއިން މި އަންނަނީ މައްސަލަ ބެލުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކުއްޖާގެ ހާލަތު ވަރަށް ގާތުން މޮނިޓަރކުރަމުން" މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ތުހުމަތުކުރެވިފައިވާ މައްސަލައަކީ ހައްސާސީ މައްސަލައެއްކަމުން، އެފަދަ ހާދިސާތައް ތަހުގީގުކޮށް، ދަނޑިވަޅަކީ ކުށްކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތްކުރަމުންދާ ވަގުތެއްކަން ފާހަގަކޮށް އެ މިނިސްޓްރީން ވަނީ، ކުޑަކުދިންގެ ކަރާމަތަށް އުނިކަންލިބިދާފަދަ އެއްވެސް އަމަލެއް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ބުނެފައެެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ އިދާރާތަކާއި، ހަބަރުފަތުރާ ވަސީލަތްތަކާއި، އަމިއްލަ ފަރުދުންގެ ވަރަށް ބޮޑު ޤާނޫނީ ޒިންމާއޮތްކަން ހަނދާންކޮށްދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 10ވަނަ މާއްދާ “އަޅާލުމާއި ހިމާޔަތް ލިބުން”ގެ (ހ) އަދި އެ ގާނޫނުގެ 33ވަނަ މާއްދާ “ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުން”ގެ (ހ)އާ ހިލާފުވާނެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ  އިލްތިމާސްކޮށްފަ އެވެ.

 މައްސަލައާ ގުޅިގެން ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތްކުރަމުންދާ ގޮތް މޮނިޓާކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ބުނެފައެވެ. 

14 އަހަރުގެ އަންހެން ކުއްޖަކު، މި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެކަމުގެ ބިރު ދައްކައި، ރޭޕްކޮށްފައިވާކަމަށް އާއިލާއިން ބުންޏަސް ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގައި މިހާތަނަށް މީހަކު ހައްޔަރުކުރެވިފައި ނުވަނީ ހެކި ނެތިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް