ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
ވެންޓިލޭޓަރުގެ މައްސަލާގައި އިސްތިއުފާ ދީފާނަން: ޝަމީމް
ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި މައްސަލާގައި އޮންނަ އުސޫލުގެ ދަށުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރަން ނިންމި މައްސަލައާ ގުޅިގެން އިސްތިއުފާދީފާނަންތޯ ސުވާލުކުރުމުން ޝަމީމް ވަނީ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޖީ ޝަމީމާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގޮވާލައްވާފައިވަނިކޮށް ޝަމީމް ވަނީ ނަޝީދަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމުން ވަރަށް ގަޔާވާ ކަމަށް ވިދާޅުވެފަ އެވެ. 

އަދި ނަޝީދަކީ މިރާއްޖޭގެ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރިކޮށްދެއްވާނެ ބޭފުޅެއްކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށެވެ. 

ވެންޓިލޭޓަރުގެ މައްސަލާގައި ރައީސް ނަޝީދު މެސެޖްކުރެއްވިކަން ފާހަގަކުރައްވާ ޝަމީމް ވަނީ ރައީސް ނަޝީދު ކަމެއްގައި ގަބޫލުކުރައްވާ ގޮތް ސާފުކޮށްދެއްވުމުން އެކަމުގައި އިތުރަށް ބުނާނެ އެއްޗެއް ނޯންނާނެ ކަމަށާއި އެއަށް ވުރެ ބޮޑަށް ނަޝީދަށް އިހުތިރާމުކުރައްވާ ކަމަށެވެ.

މަގާމުގައި ހުންނަން ކޮންމެހެން މާބޮޑު ޝައުގުވެރިކަމެއް ވެސް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އިސްތިއުފާ ދިނުމަކީ ވަކި އުސޫލެއްގެ ދަށުން އޮންނަ ކަމެއް ކަމުން، އެގޮތުގެ މަތިން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން، ޕީޖީގެ މަގާމުގައި އެހެން ބޭފުޅަކު ހުންނަވައި، ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާކޮށް، ވިން ކުރެވިދާނެތޯ ސުވާލު ކުރެއްވުމުން ޝަމީމް ވިދާޅުވީ، މިހާރު ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް ސާބިތުކުރެވިދާނެ ކަމަށް ނުބެލޭ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް