ads
ހެރީ އާއި މެގަންގެ އިންޓަވިއު މީޑިއާނެޓުން ދައްކަނީ--
މެގަން އާއި ހެރީގެ ހާއްސަ އިންޓަވިއު މީޑިއާނެޓުން ދައްކަނީ
އިނގިރޭސި ވިިލާތުގެ ޕްރިންސް ހެރީގެ އަނބި ކަނބަލުން މެގަަން މަކާލް އޯޕްރާ ވިންފްރެއަށް ދެއްވި ހާއްސަ އިންޓަވިއު މީޑިއާނެޓުން ދައްކަން ނިންމައިފި އެވެ.

ހޭރީ އާއި މެގަން އޮޕްރާއަށް ދެއްވި މި އިންޓަވިއު ދައްކަން ހަމަޖެހިފައި ވަނީ މާދަމާ 19:30 ގައި ކަލާސް އިންފިނިޓީ އިންނެވެ. އަދި މި އިންޓަވިއުގެ ރިޕޯޓް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 19:30 ގައި ދައްކާނެ އެވެ. ކަލާސް އިންފިނިޓީ ދައްކާނީ ޗެނަލް ނަމްބަރު 817 އިންނެވެ. 

އެ އިންޓަވިއުގައި މެގަން އާއި ހެރީ ވަނީ ޝާހީ ގަނޑުވަރުގައި އެ ބޭފުޅުންނަށް ކުރެވުނު ހިތި ތަޖުރިބާގެ ވާހަކަތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ ދެ ކަނބަލުން ވަނީ ޝާހީ އާއިލާގެ ތެރެއިންނާއި އިނގިރޭސި ޓެބްލޮއިޑް މީޑިއާގެ ތެރެއިން ދިމާވި ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަ ދައްކަވާފަ އެވެ. 

ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ އިންޓަވިއުގައި ހެރީ އާއި މޭގަން ވަނީ ޝާހީ ޒިންމާތައް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރެއްވި ފަހުން، ޝާހީ އާއިލާގެ އެއްވެސް މެމްބަރަކު އެމީހުންނާ މެދު އަމަލުކުރެއްވި ގޮތަށް މައާފަށް އެދިފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ހެރީ އާއި މޭގަންއަށް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދަރިކަލުންގެ ނަމަކީ އާޗީ އެވެ. އެއް އަހަރުގެ އެ ކުއްޖާ އުފަންވެ ވަޑައިގެންނެވުމުގެ ކުރިން އެ ކުއްޖާގެ ހަމުގެ ކުލައާ މެދު ޝާހީ އާއިލާގެ ތެރެއިން ސުވާލު އުފައްދާފައި ވާއިރު، މޭގަންއަކީ ކަޅު ނަސްލަށް ނިސްބަތްވެ ވަޑައިގަންނަވާ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް