ads
އަހުމަދު ހައިލަމް-- ފޮޓޯ: އަވަސް
"ދައުވާ ކުރުމަށް މީހަކަށް ނާޖާއިޒު މަންފާއެއްވުމަކީ ޝަރުތެއްނޫން"
ދައުވާ ކުރުމަށްޓާކާ މީހަކަށް ނާޖާއިޒު މަންފާއެއް ވުމަކީ ޝަރުތެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލަމް މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވަނީ ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލާގައި ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުލަތަށް މިލިއަނުން ގެއްލުން ލިބުނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަންތައްތަކެއް ނުކުރުމުން ނުވަތަ ގާނޫނު ހުއްދަ ނުކުރާ ކަމެއް ކޮންމެވެސް ބަޔަކު ކުރުމުން ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި މި ފަދަ ކަންކަމުގައި ވަކި މީހަކަށް ނާޖާއިޒު ފައިދާއެއްވާގޮތަށް ދައުވާ ކުރުމަކީ ޝަރުތެއް ނޫން ކަމަށް ހައިލަމް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ބައެއްގެ އިހުމާލު ނެތްނަމަ ވެންޓިލޭޓަރު މައްސަލާގައި ދައުލަތަށް މިލިއަނުން ގެއްލުން ނުވާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ. އަދި ދައުލަތުގެ ކަންކަން ތަންޒީމު ކުރެވިފައި ހުންނަނީ ދައުލަތަށް ގެއްލުންވާ ގޮތަކަށް ނޫން ކަމަށާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލު ހިންގުމަކީ ކުށެއް ކަމަށް ހައިލަމް ވިދާޅުވިއެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ވަނީ ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލަ އާއި ގުޅިގެން އޭސީސީން އެ އޮފީހަށް އިތުރު މައުލޫމާތު ހުށަހެޅި ކަމަށާއި، އެ މައުލޫމާތުތައް ޕީޖީ އޮފީހުން ރިވިއު ކުރިކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ލިބުނު މައުލޫމާތު ތަކުންވެސް ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭން ޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ، މި މައްސަލައިގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުމަށް ބަދަލު ނުގެނައުމަށް ނިންމި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ފާޑުކިޔުން ޕީޖީ އޮފީހަށާއި ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް އަމާޒުވީ ޕީޖީން މިހެން ބުނުމާއި ގުޅިގެންނެވެ. 
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް