ads
ފްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން--
ދުނިޔޭގެ އެންމެ "ސެކްސީ" ތަލަ މީހަކަށް ޕްރިންސް ވިލިއަމް!
ދުނިޔޭގައި ހުރި އެންމެ "ސެކްސީ" ތަލަ މީހާގެ ލަގަބު، ޕްރިންސް ވިލިއަމްއަށް ލިބިއްޖެ އެވެ.

އޭނާއަށް މި ލަގަބް ލިބިފައި ވަނީ ކޮސްމެޓިކް ސާޖަރީ ސްޕެޝިއަލިސްޓް ލޮންޖެވީޓާ ކުރިއަށް ގެންދިޔަ ދިރާސާއެއްގަ އެވެ. އެގޮތުން ވިލިއަމްއަށް "ސެކްސީ" ކިތައް ފަހަރު، އޮންލައިން ބްލޮގްތަކުންނާއި އާޓިކަލްތަކުގެ އިތުރުން އިންޓަނެޓްގައި ސާޗުކޮށްފައިވޭތޯ ބަލާފައިވެ އެވެ.

ދިރާސާގެ ނަތީޖާ ނިކުތް ގޮތުން ވިލިއަމް "ސެކްސީ" ކަމަށް 17.6 މިލިއަން ފަހަރު މީހުން ބުނެފައިވެ އެވެ. މިއީ މީހަކަށް އެންމެ ގިނައިން އެގޮތަށް ބުނެފައިވާ އަދަދެވެ. 

ވިލިއަމް އެ ލަގަބު ހޯދީ، ބޮކްސިން ލެޖެންޑް މައިކް ޓައިސަން އާއި ހޮލީވުޑުގެ އެކްޝަން ތަރި، ޖަސަން އަދި މިއުޒިޝަން ޕިޓްބުލްގެ އިތުރުން ބާސްކެޓް ކުޅުންތެރިޔާ، މައިކަލް ޖޯޑަން ވައްޓާލުމަށް ފަހު އެވެ.

ތަރިންނަށް "ސެކްސީ" ކަމަށް ބުނެ މުހާތަބު ކުރި އަދަދުތައް:

- ޕްރިންސް ވިިލިއަމް - 17.6 މިލިއަން

- މައިކް ޓައިސަން - 8.8 މިލިއަން
- ޖަސަން ސްޓަޓަމް - 7.4 މިލިއަން

- ޕިޓްބުލް - 5.4 މިލިއަން

- މައިކަލް ޖޯޑަން - 5.3 މިލިއަން

- ފްލޮއިޑް މޭވެދާ - 4.3 މިލިއަން

- ޖޯން ތްރަވޮލްޓާ - 3.8 މިލިއަން

- ބްރޫސް ވިލިސް - 3.3 މިލިއަން

- ޑްވޭން ޖޯންސަން - 2.6 މިލިއަން

- ވިން ޑީސެލް - 2.3 މިލިއަން

އޭގެ އިތުރުން ސްޓާ ޓްރެކް އެކްޓަރު، ޕެޓްރިކް ސްޓެވާޓް އާއި ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިން، ދުނިޔޭގެ އެންމެ "ސެކްސީ" ދިހަ ތަލަ މީހުންގެ ލިސްޓުން ކަޓާފައި ވަނީ ކުޑަ ތަފާތަކުންނެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް