ads
މުޒާހަރާގެ މަންޒަރު
ރޭޕްގެ މައްސަލަތަކާއި ގުޅިގެން މާލޭގައި މުޒާހަރާކުރަނީ
ރާއްޖޭގެ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކޮށްފި އެވެ.

މިއަދު މެންދުރު ފެށި މި މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ރޭޕްކުރުން ހުށްޓާލުމަށާއި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާ އަށެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ މިކަމާއި ގުޅޭ ސިޓީއެއް ޖެންޑާ މިނިސްޓަރަށް ހުށައެޅުމަށް ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަަނަށް ސިޓީ ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް އެއްވި މީހުން ބުނެ އެވެ. 

މުޒާހަރާގެ ބައިވެރިން ވަނީ ޖެންޑާ މިނިސްޓްރީން މިފަދަ މައްސަލަތައް ވީހާވެސް އަވަހަށް ބެލުމަށް ގޮވާލާފަ އެވެ. ޖިންސީ ފުރައްސާ އާއި ގޯނާގެ މައްސަލަތައް އިތުރުވެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށާއި ޖެންޑާ މިނިސްޓްރީއަށް އަމާޒުވެފަ އެވެ. 

މިއަދުގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ މިކަމުގައި ޝަމިލުވާ މީހުންގެ ނަންތައް ހާމަކުރަމުންދާކަމަށް މައުލޫމާތު ލިބޭއިރު، އެމީހުން ދޫކޮށްފައި ތިބުމަކީ ލިބޭ ވަރަށް ބޮޑު ނުތަނަވަސް ކަމެއްކަަމަށެވެ. އަދި މިކަމުގައި ސަރުކާރުން މިހާތަނަށް އަަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ކުއްޖެއް ރޭޕް ކުރިކަމުގެ މައްސަލަ މިމަހުގެ ކުރީ ކޮޅު ފެންމަތި ވެފައިވާއިރު، އެ މައްސަލައިގައި ކުށުގެ ތުހުމަތު ކުރެވެނީ އޭނާ ކިޔަވާ ސްކޫލުގެ ޓީޗަރަކަށެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފިނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ. މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 

އެކަމާ ދެކޮޅަށް އެ ރަށުގައި ގިނަ ބަޔަކު މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު ފުލުހުން ބުނަނީ ވަކި މީހަކު ހައްޔަރު ކުރާ ވަރަށް އަދި ހެކި ނުލިބޭ ކަމަށެވެ.

އެ މައްސަލާގައި ޖެންޑާ މިނިސްޓްރީން މިހާތަނަށް ބުނީ އެކަން އެ މިނިސްޓްރީ އަށް ހުށަހެޅުމާއެކު އެންމެ އިސްކަމެއް ދިނީ ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި އޭރުން ފެށިގެން އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ފަހިކޮށްދީފައިވާ ކަމަށެވެ. ގުޅުން ހުރި މުއައްސަސާތަކާއެކު، އެ މައްސަލަ ތަހުގީގުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކުއްޖާގެ ހާލަތު ބަލަމުން ގެންދާ ކަމަށް އެތަނުން ބުނެފައިވެ އެވެ. 

މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އިތުރު ތަފްސީލު ހާމަކުރުމަކީ، ތަހުގީގަށް ބުރޫއަރާނެ ކަމެއް ކަމަށާއި ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓިރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް