ads
----
ބްރެއިން ޓިއުމަރަކުން ސަލާމަތްވި 57 އަހަރުގެ އަންހެނަކު ވިހައިފި
ދަރިންނަކީ މައިންބަފައިންނަށް ލިބޭ ނިއުމަތެކެވެ. ބައެއް މީހުންނަށް ދަރިން ލިބުމުގައި ދަތިތަކެއް ހުންނައިރު އަނެއް ބަޔަކު ވަނީ އެ ނިއުމަތުން މަހްރޫމެވެ. އެކަމަކު ޒުވާން އުމުރުގައި ދަރިއަކު ނުލިބުނަސް މީހާ ދުވަސްވާ ފަހުން ވެސް އެ ނަސީބު މަދު ބަޔަކަށް ނަމަވެސް ލިބެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ ބަރްބަރާ ހިޖިނަށް މިވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. 

އެ އުފާވެރި ހަބަރު ހިއްސާކޮށް އޭނާ ބުނެފައި ވަނީ އުމުރުން 65 އަހަރުގެ އޭނާގެ ފިރިމީހާ އާއި އޭނާއަށް ދަރިއަކު ލިބުނީ މިދިޔަ ހަފްތާގައި ކަމަށެވެ. ކުއްޖާ ލިބުނީ އައިވީއެފް މެދުވެރިކޮށެވެ.

އެގޮތުން އެ އުމުރުގައި ދަރިއަކު ލިބުމުން އުފާވާ ކަމަށާއި އަދި ބިރު ވެސް ގަންނަ ކަމަށް ބުންޏެވެ. ޖެކް ނަމަކަށް ކިޔާ އެ ކުއްޖާގެ ބަރުދަނުގައި ފަސް ޕައުންޑް ހުއްޓެވެ. 

އެމީހުންނަށް ކުއްޖަކު ލިބިފައި މިވަނީ ދުވަސްތަކެއްގެ ހިތްދަތި ކަމަކަށް ފަހު އެވެ. އެގޮތުން މީގެ ކުރިން އަންހެން ދަރިއަކު އެމީހުންނަށް ލިބުނެވެ. އެގޮތުން 2016 ވަނަ އަހަރު ކުއްޖާއަށް 13 އަހަރުގައި ވަނީ ބްރެއިން ޓިއުމަރެއްގައި ކުއްޖާ މަރުވެފަ އެވެ.

އިތުރު ކުއްޖަކު ހޯދުމަށް ޑޮކްޓަރަށް ދެއްކި ފަހަރު ވަނީ އަންހެން މީހާގެ ވެސް ބްރެއިން ޓިއުމަރެއް އިންކަން އެނގިފަ އެވެ. އެކަމަކު އަންހެން މީހާގެ އޮޮޕަރޭޝަން ކާމިޔާބުވުމުން މިވަނީ އެކަން ކޮށްފަ އެވެ.

އަންހެން މީހާ ބުނި ގޮތުގައި އެމީހުންގެ އަންހެން ދަރިފުޅު ދުނިޔޭގައި ހުރިނަމަ އިތުރު ކުއްޖަކު ނުހޯދީހެވެ.

އެމެރިކާއަށް ބަލާއިރު އެގައުމުގައި 60-70 އަހަރާ ދެމެދުގެ މީހުންނަށް އައިވީއެފް މެދުވެރިކޮށް ދަރިން ލިބިފައި އެބަހުއްޓެވެ.

ޖީނިއަސް ވޯލްޑް ރެކޯޑަށް ބަލާއިރު އެންމެ ދުވަސްވީ ފަހުން ދަރިއަކު ހޯދާފައި ވަނީ އުމުރުން 66 އަހަރުގެ ސްޕެއިންއަށް ނިސްބަތްވާ އަންހެނެކެވެ. އެއީ 2006 ވަނަ އަހަރު، ޓްވިސްއެއް ވިހައިގެންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް