ads
މިމަހުގެ ތެރޭގައި އައި އެއްލައްކަވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން--
އެއްލައްކަ ވަަނަ ފަތުރުވެރިޔަކަށް މިސްރުގެ ހަނާ!
މިމަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

މިއަދު އެއް ލައްކަވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. 

ރާއްޖެއަށް އެއްލައްކަ ވަނަ ފަތުރުވެރިޔާއަކަށް މިސްރުގެ ހަނާ މުހައްމަދު އަހުމަދު ކަމާލް މުސްތަފާ ހޮވުނުއިރު އޭނާ ރާއްޖެއަށް އައީ މިއަދު ހެނދުނު އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގަ އެވެ.

އޭނާ ޗުއްޓީ ހޭދަކުރަން ހަމަޖެހިފައި ވަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހު އެކަނި ވެސް ރާއްޖެއަށް އެއްލައްކަ ފަތުރުވެރިން އައިސްފައިވާއިރު މިއީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މަހެއްގެ ތެރޭގައި އެއްލައްކަ ފަތުރުވެރިން އައި މިއީ ފުރަތަމަ މަސް ކަމަށެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 270،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އަވަށްޓެރި އިންޑިއާ އިންނެވެ. އެއީ މިހާތަނަށް އައި ފަތުރުވެރިންގެ ނިސްބަތުން 23.5 އިންސައްތަ ފަތުރުވެރިންނާއެކު އެވެ. ދެވަނާގައި ރަޝިއާ އޮތީ 21.5 ފަތުރުވެރިންނާއެކު އެވެ. އަދި ލިސްޓުގެ ތިން ވަނާގައި ޔޫކްރެއިން އޮތީ 6.2 އިންސައްތަ ފަތުރުވެރިންނާއެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް