ads
މިނިސްޓަރު އައިޝަތު އަލީ---
ކޮންމެ އެގްޒާމެއްގައި ބައިވެރިވިއަސް ގަދަ 10ގައި ހިމެނޭގޮތަށް ބަދަލުކޮށްފި
މެއި/ޖޫން އިމްތިހާނުގައި ބައިވެރިވި ނަމަވެސް، އޮކްޓޫބަރު/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވި ނަމަވެސް ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި އެ ދަރިވަރުންނަށް ބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މޭގެ އިމްތިހާނު ނަތީޖާއަށް ކަމަށް އެޑިއުކޭޝަނުން އިއްޔެ ބުނުމުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ. 

ޑރ. އައިޝަތު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައިއޭއެލްގެ ޓައިމްޓެބަލްއަށް ގެނައި ބަދަލާއި ގުޅިގެން ގިނަ ދަރިވަރުންތަކަކަށް ނުތަނަވަސްކަން ކުރިމަތި ވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ހިޔާލުތަކަށް އަޑުއެހުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި އަމަލު ކުރުމަށް ކުރިން ނިންމި ނިންމުން ރިވިއުކޮށްފައިވާކަމަށެވެ. އެއާއެކު ކޮންމެ ދުވަސްވަރެއްގައި އިމްތިހާނުގައި ބައިވެރިވި ނަަމަވެސް، އިމްތިހާނުގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ދަރިވަރުން ޓޮޕް 10 އަދި ޕްރެޒިޑެންޝަލް ސްކޮލާޝިޕަށް އެލިޖިބަލް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން މި މައްސަލައިގައި ދަރިވަރުންގެ ހިޔާލު ހޯދުމަށް ސްކޫލުތަކުގައި އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދަރިވަރުން އެދެނީ އޭޕްރީލް/މެއި އިމްތިހާނުގައި ނުވަތަ އޮކްޓޫބަރު/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވުންތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އެޕްރީލް މެއިގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަމަ، މިހާރުގެ އެޕްލިކޭޝަން ވިތުޑްރޯ ކުރުމަށްފަހު މިއަހަރު އޮކްޓޫބަރުގެ ނޮވެންބަރު ގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތުދޭ ގޮތަށް ހަމަޖައްސާ، އެކަން އެޑިއުކޭޝަނުން އިއުލާނު ކުރީ އިއްޔެ އެވެ. 

30%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް