ads
ފޮރިން މިނިސްޓަރު ޝާހިދު-
ގުދުރަތީ ކާރިސާތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތައް ތައްޔާރެއް ނޫން: ޝާހިދް
ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ބައިނަލްއަގްވާމީ ފަރާތްތަކާއި ޕްރައިވެޓް ސެކްޓާ އިންވެސް ކުދި ޖަޒީރާ ގައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދީ، ހަކަތަ އިގްތިސާދުކޮށް ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއާއި ބާބެޑޯސްގެ ދާއިމީ މިޝަން ގުޅިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ވިޔަފާރިއާއި ތިމާވެއްޓާއި ގުޅޭ ގޮތުން ބޭއްވި ހައި-ލެވެލް ވާޗުއަލް ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ދުނިޔެ ހޫނުވުމާ، ގުދުރަތީ ކާރިސާތަކާ، ކަނޑުގެ ދިރުންތައް މަރުވުމާ، ކަނޑުގެ ލޮނުގަނޑު އުސްވުންފަދަ ކަންކަމުގެ ސަބަބުން ޖަޒީރާ އާބާދިތަކާއި އައްސޭރިފަށުގައި ދިރިއުޅޭ އާބާދީތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް އެކަމުގެ ސަބަބުން ހުރަސް އެޅޭކަމަށެވެ. 

އަދި މިހާރު ގިނަ ވަމުން އަންނަ ގުދުރަތީ ކާރިސާތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތައް ފުރިހަމައަށް ތައްޔާރު ނުވާކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އެގޮތުން ކުދި ޖަޒީރާ ގައުމުތަކުން އާމްދަނީ އާއި ވަޒީފާ އަށް ބަރޯސާވަނީ ސާފު، ދެމެހެއްޓެނެވި ތިމާވެއްޓާއި ގުޅިފައިވާ ކަންކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ގެންގުޅުމަށް ކުރެވޭ މަސައްކަތުގައި، ތިމާވެއްޓާއި ރައްޓެހި ވިޔަފާރީގެ ޕްރެކްޓިސްތައް ޕްރޮމޯޓްކުރަން ޖެހޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. މިފަދަ މިސާލެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަން ނަންގަވައި، ޒަމާންތަކެއް ވަންދެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ބާނާ އެއްވެސް އެއްޗެއް އުކާ ނުލައި، ކޮންމެ އެއްޗަކީ ކޮންމެވެސް ބޭނުމެއް ހިފޭ އެއްޗެއްކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ. 

މީގެ އިތުރުން ތިމާވެއްޓާއި މިފަދަ ރައްޓެހި ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތު ހޯދައިދިނުމަށް ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް