ads
ޑިފެންސް މިނިސްޓަރު މާރިޔާ--
"މި ސަރުކާރުގައި ސިފައިން ހޯދާފައިވާ ކުރިއެރުންތައް ގިނަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދިވެހި ސިފައިން ހޯދާފައިވާ ކުރިއެރުންތައް ވަނީ ގިނަކުރެވިފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިގޮތަށް ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ "މިނިސްޓަރުގެ ގަލަންކޮޅުން'' ގަ އެވެ.  

މިނިސްޓަރު ވިދާޅުވީ ބަވަނަވެފައިވާ މިދުނިޔޭގައި ބަދަލުވަމުންދާ ނުރައްކަލުގެ ވެށީގައި ހުޝިޔާރުކަމާއެކު ހަރަކާތްތެރިވުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އަދި ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީ އާއި ހެޔޮ ބަދަލުތަކުގެ ތެރެއިން ދިވެހި ސިފައިން ހޯދާފައިވާ ކުރިއެރުންތައް މިއަދު ވަނީ ގިނަކުރެވިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. 

ސިފައިންނަކީ އިލްމާއި ހުނަރު ލިބިފައިވާ ކެރޭ ހުޝިޔާރު ގާބިލު ބަޔަކަށް ހެދުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ގައުމަށްޓަކައި ގުރުބާންވާން އަބަދުވެސް ތައްޔާރަށްތިބޭ ތެދުވެރި ވަފާތެރި ބަޔަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިފައިންނަށް ދެވޭ ތައުލީމާއި ތަމްރީން ކަމަށް ވެސް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައި ވަނީ މިސަރުކާރުގެ އަމާޒަކީ، ދިވެހި ގައުމުގެ އިސްތިގްލާލާއި މިނިވަންކަމަށް ބުރޫނާރާނެހެން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދައިދިނުން ކަމަށެވެ. 

ރާއްޖެ ހިމެނޭ ސަރަހައްދަކީ ކަނޑުފޭރުމާއި ނިރުބަވެރިކަން ފަދަ ތަފާތު ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ، ހަލަބޮލި ސަރަހައްދަކަށްވާއިރު، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރާއްޖެއިން ދަނީ އަސްކަރީގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.. 

އެގޮތުން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ބޭރުގެ ފަންނުވެރިންގެ އެހީ ރާއްޖެއިން ހޯދަމުންދާކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށްޓަކައި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގެ އިތުރުން، ޓެކްނިކަލް އެހީއާއި އާލާތްތައްވެސް ދަނީ ހޯދަމުން ކަމަށެވެ.

އަދި ކޮވިޑް- 19 ގެ ދަތިއުނދަގޫ ހާލަތުގައިވެސް ދާދިފަހުން، އެމެރިކާގެ ސެކިއުރިޓީ ފޯސަސް ބްރިގޭޑް "އެސްއެފްބީއޭ 5" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން"ގެ ނަމުގައި އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ވަނީ ކާމިޔާބުކަމާއެކީ ނިންމާލައިފާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާ ފައެވެ.

އެތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް މޭޖާ ޖެނެރަލް ޑޭން މެކްޑޭނިއަލް ދެއްވި އިރުޝާދާއި އެއްބާރުލުމަށް މިނިސްޓަރު މާރިޔާ ވަނީ ޝުކުރު އަދާކުރައްވާ ފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް