ads
ފޮޓޯ:ސީއެންއެމް
މި ގަހަށް ކިޔާ ދިވެހި ނަމެއް އެނގޭތަ؟
މާލެއަށް ބަހާރު މޫސުން އައިސްފިޔޭ ޗެރީ ބްލޫސަމްއިން އިން ޖަރީކޮށްފިއޭ ނުކިޔާ މީހަކު މިހާރު ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ޓްވިޓާއަށް ވަދެލިސް، ފޭސްބުކްއަށް ނުވަތަ ސޯޝަލް މީޑިއާގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ މިގަހުގެ ރީތި މަންޒަރުތަކެވެ. 

ޓްވިޓާގައިވެސް ފޭސްބުކްގައިވެސް މި ގަހުގެ މާތައް އަޅާ މިހާރު އޮތީ ބަރާވެފައެވެ. އެންމެން ކިޔާ އަޑުވެސް އިވެނީ “ޗެރީ ބްލޫސަމް” އައީ ކަމަށެވެ.

your imageގަހުގައި މާ އަޅާވަނީ ބަރާވެފަ——ފޮޓޯ:ސީއެންއެމް

ނަމަވެސް މިއީ ޖަޕާނުގެ މަގުތަކުން އެފެންނަ ނުވަތަ އެ ގައުމަށް އަންނަ ޗެރީ ބްލޫސަަމް މޫސުމެއް ނޫނެވެ. ދުރުން ބަލާއިރު ވައްތަރުގޮތެއް ހުރިނަމަވެސް ކައިރިން ބަލާލުމުން މިއީ މުޅިން ތަފާތު ގަހެއްކަން އެގެއެވެ. 

ދުނިޔޭގެ އެކި ހިސާބުތަކުގައި މި ގަހަށް ކިޔާ ނަން ތަފާތެވެ. ނަމަވެސް އަޅުގަނޑުގެ ޝައުގުވެރިކަން ގޮސް ހުއްޓުނީ މިގަހުގައި މިއަޅާ މަލަށް އަދި ގަހަށް ދިވެހި ނަމެއް އޮވޭތޯ އުފެދޭ ސުވާލަށެވެ. 

އެގޮތުން ބައެއް ފަރާތްތަކުން ބުނާ ގޮތުން މިޔަށް ކިޔަނީ “ބޮޑު ޖަވާހިރު” އެވެ. 

މާލޭގެ އެކި ސަރަހައްދުތަކުންނާއި، ހުޅުމާލެގައިވެސް ހުރި މި ގަސްތަކުގެ ތެރޭގައި ހުދު އަދި ފިޔާތޮށި ކުލައިގެ ގަސް ހިމެނެއެވެ. 

your imageފޮޓޯ: ސީއެންއެމް

ވައިރަލް ވެފައިވާ ފޮޓޯއިން ފެންނަ ބޮޑުތަކުރުފާނު މަގުގައި މީގެ ތިން ގަސް ހުރިއިރު، އެއް ގަސް ހުރީ އެއްކޮށްހެން ހިކަފައެވެ. ނަމަވެސް އާ ކުރިތައް ޖަހަން ވަނީ ފަށާފައެވެ. އަދި ކޮންމެވެސް ވަރަކަށް މާ ހުރިކަންވެސް ފާހަގަކުރެވުނެއެވެ. ދެން ހުރި ދެގަހުގައި މާ އަޅާ ޖަރީވެފައިވާއިރު، ގަހުގެ ކުރި ކުޑަކޮށް ހިކިފައި ހުރި ނަމަވެސް އޭގައިވެސް ހުރީ އާ ކުރިތައް ޖަހަން ފަށާފައެވެ. 

 މި ގަހަކީ އާއްމުކޮށްވެސް މޫސުމާއިއެކީ ބަދަލުވަމުން އަންނަ ގަހެކެވެ. ގަހުގައި މާތަށް އަޅާ މޫސުމަކާއި މާތައް ވެރި ގަސް ހިކޭ މޫސުން މި ގަހަށް އަންނާނެއެވެ. އެހެންނަމަވެސް އަލުން ގަހުގައި ހަމަ ވަކި މޫސުމަކަށް އާ ކުރިތައް ފަޅަން  ފަށާނެއެވެ. އެ ސަރަހައްދުގައި މިހާރު ހިކިފައި ހުރި ގަހުގައިވެސް ވަނީ އާ ކުރިތައް ލާން ފަށާފައެވެ

މިގަސްދޮށަށް ގިނަ ބަޔަކު ފޮޓޯނެގުމަށް މިފަހުން ދަނީ ޖަމާވަމުންނެވެ 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް