ads
އިދިކޮޅު އިހްތިޖާޖްގެ ތެރެއިން
ރޭޕާއި ދެކޮޅަށް އިދިކޮޅުން މަގުމައްޗަށް ނިކުމެއްޖެ
ރޭޕާއި ދެކޮޅަށް އިދިކޮޅުން މާލޭގައި އިހްތިޖާޖުކުރަން ފަށައިފި އެވެ.

މި އިހްތިޖާޖް ފަށާފައިވަނީ ސޯސަންމަގު، މަޖީދީ މަގު ކަންމަތިންނެވެ. "ރޭޕާއި ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދާ އިހްތިޖާޖްގައި މިހާރު ވަނީ ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އަޑުއުފުލަން ފަށާފައެވެ. 

އަދި މި އިހްތިޖާޖް ހުއްޓުވުމަށްޓަކައި ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މި އިހްތިޖާޖުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. 

ރޭޕާއި ދެކޮޅަށް އިދިކޮޅުން މަގުމަތީ އިހްތިޖާޖް މިއަދު ފަށާފައިވާއިރު، އިދިކޮޅުން ވަނީ މިމަހުގެ 28 ވަނަ ދުވަހުވެސް ޖެންޑާ މިނިސްޓްރީ ދޮށުގައި މުޒާހަރާކޮށްފަ އެވެ. މެންދުރު ފެށި އެ މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ރޭޕްކުރުން ހުއްޓާލުމަށާއި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާ އަށެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ޖެންޑާ މިނިސްޓްރީން މިފަދަ މައްސަލަތައް ވީހާވެސް އަވަހަށް ބެލުމަށް ގޮވާލާފަ އެވެ. 

އިދިކޮޅުން ރޭޕާއި ދެކޮޅަށް އިހްތިޖާޖް ފަށާފައިވަނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެންނެވެ. 

އެ ކުއްޖެއް ރޭޕް ކުރިކަމުގެ މައްސަލަ މާޗު މަހުގެ ކުރީ ކޮޅު ފެންމަތި ވެފައިވާއިރު، އެ މައްސަލައިގައި ކުށުގެ ތުހުމަތު ކުރެވެނީ އޭނާ ކިޔަވާ ސްކޫލުގެ ޓީޗަރަކަށެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފިނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ. މިކަމާ ގުޅިގެން ފުލުހުން އެއްވެސް މީހަކު ހައްޔަރު ނުކުރާތީ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 

އެކަމާ ދެކޮޅަށް އެ ރަށުގައި ގިނަ ބަޔަކު މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު ފުލުހުން ބުނަނީ ވަކި މީހަކު ހައްޔަރު ކުރާ ވަރަށް އަދި ހެކި ނުލިބޭ ކަމަށެވެ. 

އެ މައްސަލާގައި ޖެންޑާ މިނިސްޓްރީން މިހާތަނަށް ބުނީ އެކަން އެ މިނިސްޓްރީއަށް ހުށަހެޅުމާއެކު އެންމެ އިސްކަމެއް ދިނީ ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި އޭރުން ފެށިގެން އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ފަހިކޮށްދީފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް